ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 13:31
ނައިޓްމާކެޓެއްގެ ތެރެއިން
ނައިޓްމާކެޓެއްގެ ތެރެއިން
ރާއްޖެއެމްވީ
ބޮޑު ޗުއްޓީ ނައިޓް މާރކެޓް
ބޮޑު ޗުއްޓީ ނައިޓް މާކެޓް ފަށައިފި
 
ނައިޓް މާކެޓް ކުރިއަށްދާނީ ކޮންމެ ދުވަހަކު ހަވީރު 4 އަކުން ރޭގަނޑު 11 އަށް
 
މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނައިޓް މާކެޓް ކުރިއަށްދާނެ

ސްކޫލް ބަންދާ ދިމާކޮށް ކުރިއަށްގެންދާ "މާލޭ ސިޓީ ބޮޑު ޗުއްޓީ ނައިޓް މާރކެޓް" ފަށައިފިއެވެ.

ރަސްފަންނު ޞަރަޙައްދުގަ މި މަހުގެ 3 ވަނަ ދުވަހު ނައިޓް މާރކެޓް ފަށާފައިވާއިރު، 10 ވަނަ ދުވަހާއި ހަމަޔަށް މާރކެޓް ކުރިޔަށްދާނެ ކަމަށް މާރކެޓް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

ނައިޓް މާރކެޓް އިންތިޒާމުކުރާ ސްކައިލައިޓް ކުންފުނިން ބުނީ، މިފަހަރުގެ މާރކެޓް ކުރިޔަށްދަނީ 150 ސްޓޯލާއި އެކުގައި ކަމަށެވެ. މި ސްޓޯލްތަކުން، އަންނައުނާއި، ގޭތެރެއަށް ބޭނުންވާ ސާމާނާއި، ސެންޓުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުންނާނެކަމަށެވެ. ކޮންމެ ދުވަހަކުވެސް ހަވީރު 4 އަކުން ރޭގަނޑު 11 އަށް ނައިޓް މާރކެޓް ޢާންމުކޮށް ހުޅުވާލާފައިވާކަމަށް ސްކައިލައިޓް އިން ބުނެއެވެ.

މާލޭ ސިޓީގަ ބޮޑު ޗުއްޓީ ނައިޓް މާކެޓް ކުރިޔަށްދާއިރު، ހުޅުމާލޭގަ ނައިޓް މާރކެޓް ބާއްވާ އުޞޫލު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދާދި ފަހުން ވަނީ ޢާންމުކޮށްފައެވެ. އެޗްޑީސީން ޢާންމުކުރި އުޞޫލުގައި ބުނެފައިވަނީ، ނައިޓް މާރކެޓް ހުޅުމާލޭގައި ބޭއްވޭނީ ކޮންމެ އަހަރަކު ދެ ފަހަރުކަމަށެވެ. އަދި ބޭއްވޭނީ ކޮންމެވެސް މުނާޞަބަތަކާ ގުޅުވައިގެން ކަމަށާއި، މި މުނާޞަބަތުތައް ކަނޑައަޅާނީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ.

ހުޅުމާލޭގަ ނައިޓް މާރކެޓް ބާއްވާ އުޞޫލު އެޗްޑީސީން ކަނޑައަޅާފައިވާއިރު، މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މާރކެޓް ހިންގުމަށް ހުށައަޅާ ފަރާތަކީ ސައްތައިން ސައްތަ ދިވެހި ވިޔަފާރިއަކަށް ވާން ޖެހޭނެ ކަމަށެވެ. އެ ވިޔަފާރިއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގަ ރަޖިސްޓްރީ ކުރި ފަހުން 2 އަހަރުވެފައިވާ ވިޔަފާރިއަކަށްވުން ވެސް އެ އުޞޫލުގަ ލާޒިމު ކޮށްފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ "ފެއަރ، ނައިޓު މާރކެޓު ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލު ކުރާނެ އުޞޫލު" އެއް އެކުލަވާލާ ޢާންމުކޮށްފައެވެ.

އެ އުޞޫލުގައި ބުނެފައިވަނީ ނައިޓު މާރކެޓުގަ ބައިވެރިވާ ފަރާތްތަކަކީ ރާއްޖޭގަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކަށް ނުވަތަ ޖަމްޢިއްޔާ އަކަށް ވާންޖެހޭނެ ކަމަށެވެ. އެކަން ޔަޤީން ކުރަންޖެހޭނީ ނައިޓު މާރކެޓު ބާއްވާ، އިންތިޒާމު ކުރާ ފަރާތުން ކަމަށް އެ އުޞޫލުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް