ބުދަ 30 ސެޕްޓެންބަރ 2020
10 އަތަ
1442 ސަފަރު 12
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:01
އިޝާ 19:12
އެމެރިކާ - އިރާނު

އިރާގަށް ދިން ހަމަލާއާ ދެކޮޅަށް އެމެރިކާގަ މުޒާހަރާކޮށްފި

  • ވޮޝިންޓަން އާއި އިތުރު ސިޓީތަކުގައި މުޒާހަރާ ކޮށްފައިވޭ
  • ވޮޝިންޓަންގައި ބޭއްވި މުޒާހަރާތަކުގައި އިރާނާ ދެކޮޅަށް ހަނގުރާމަ ނުކުރުމަށާއި އިރާގުގައި ތިބި އެމެރިކާގެ ސިފައިން ބޭލުމަށް ދިޔައީ ގޮވާލަމުން
  • އެމެރިކާގެ ގިނަ ރައްޔިތުން އެމެރިކާ ސިފައިން އެގައުމުން ބޭރުގައި ހިންގަމުންގެންދާ ކަންތައްތަކާއި ދެކޮޅު

ކ. މާލެ | 5 ޖެނުއަރީ 2020 | އާދީއްތަ 13:13 | 2,935

އެމެރިކާއިން އިރާގަށް ދިން ހަމަލާއާ ދެކޮޅަށް އަޑު އުފުލަނީ - ރޮއިޓަރސް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ އޯޑަރަށް އެމެރިކާއިން އިރާޤަށް ޙަމަލާދީ އީރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި އެކަމާއި ގުޅިގެން އެޞަރަޙައްދުގަ ހަމަނުޖެހުން އުފެދިދާނެތީ އެޞަރަޙައްދަށް އިތުރު ސިފައިން ފޮނުވުމަށް ޓްރަމްޕް ނިންމެވުމާއި ގުޅިގެން އެކަމާ ދެކޮޅަށް އެމެރިކާގަ މުޒާހަރާކޮށްފި އެވެ.

ރޮއިޓަރސްއިން ރިޕޯޓު ކޮށްފައިވާގޮތުގައި ވޮޝިންޓަން އާއި އިތުރު ސިޓީތަކުގައި މިކަމާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާކޮށްފައިވެ އެވެ. މުޒާހަރާ ކުރަމުންދިޔަ މީހުން ވައިޓް ހައުސް ބޭރުގަ ތިބެގެން ގޮވަމުންދިޔައީ "އިންސާފެއް ނެތް، ޞުލްޙަ އެއް ނެތް، އެމެރިކާއިން މެދުއިރުމަތީން ނިކުމޭ" އެވެ. އެއަށްފަހު އެމީހުން މިޞްރާބު ޖެހީ ޓްރަމްޕް އިންޓަރނޭޝަނަލް ހޮޓަލް އާއި ދިމާލަށްކަމަށް ރޮއިޓަރސް އިން ބުނެއެވެ.

މިފަދަ މުޒާހަރާތައް ނިއު ޔޯކާއި، ޝީކާގޯ އަދި އެހެން ސިޓީތަކުގައިވެސް ކުރިޔަށް ގެންގޮސްފައިވެ އެވެ. ހޮނިހިރު ދުވަހު ބޭއްވި މިމުޒާހަރާތަކުގައި އިސްކޮށް އުޅެނީ ހަނގުރާމަތަކާ ދެކޮޅު ގްރޫޕެއްގެ އަންހެނެކެވެ. ވޮޝިންޓަންގައި ބޭއްވި މުޒާހަރާތަކުގައި އީރާނާ ދެކޮޅަށް ހަނގުރާމަ ނުކުރުމަށާއި އިރާޤުގައި ތިބި އެމެރިކާގެ ސިފައިން ބޭލުމަށް ދިޔައީ ގޮވާލަމުންނެވެ.

ވޮޝިންޓަންގައި ކުރި މުޒާހަރާގައި އިސްކޮށް ޙަރަކާތް ތެރިވަމުންދިޔަ އެކަކީ މިދިޔަ އަހަރު ދުނިޔެ ހޫނުވުމާއި ތިމާވެއްޓާ ގުޅޭގޮތުން އެމެރިކާގައި ކުރިޔަށްދިޔަ މުޒާހަރާގައި ހައްޔަރުކޮށްފައިވާ އެކްޓްރެސް އަދި އެކްޓިވިސްޓް ޖޭން ފޮންޑަރ އެވެ.

މިގައުމުގެ ޒުވާން ކުދިންނަށް އެބަ އެނގެން ޖެހޭ އެކުދިން އުފަންވީއްސުރެ އެމެރިކާއިން ކުރަމުން ގެންދާ ހަނގުރާމަތަކަކީ ތެލަށްޓަކައި ކުރަމުންދާ ހަނގުރާމަތަކެއްކަން. ތެލާ ހެދި އަހަރުމެންގެ ތިމާވެށި ހަލާކުކޮށްލާ އަހަރުމެން ލޯބިވާ މީހުންނާ ވަކިވުމުގެ ފުރުސަތެއް ދެން ނުދެވޭނެ.

~ ޖޭން ފޮންޑާ

މުޒާހަރާގައި ވާހަކަ ދެއްކި އެހެން މީހުން ބުނެފައިވަނީ މުޒާހަރާކޮށްގެން މާބޮޑު ނަތީޖާ އެއް ނުނިކުމެދާނެ ކަަމަށެވެ. ނަމަވެސް އެމެރިކާއިން މިކުރަމުން ގެންދާ ކަންތައްތަކާއި ދެކޮޅުކަން ހާމަކުރެވިދާނެ ކަމަށް އެމީހުން ބުަމުންދިޔައެވެ. އަދި އެމީހުންނެކޭ އެއްގޮތަށް އެހެން މީހުންނަށްވެސް އެކަންކަން ކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެމީހުން ބުނަމުންދިޔައެވެ.

އެމެރިކާގައި ޢާންމުންގެ ތެރޭގައި ނެގުނު ޕޯލެއްގެ ނަތީޖާ ދައްކާގޮތުން އެމެރިކާގެ ގިނަ ރައްޔިތުން އެމެރިކާ ސިފައިން އެޤައުމުން ބޭރުގައި ހިންގަމުންގެންދާ ކަންތައްތަކާއި ދެކޮޅެވެ. މިދިޔަ އަހަރު ޝިކާގޯ ކައުންސިލުގެ ގްލޯބަލް އެފެއަރޒް އިން ކުރި ސަރވޭ އެއް ދައްކާގޮތުން އެމެރިކާގެ 27 އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި އެމެރިކާއިން ބޭރުގައި އެޤައުމުން ހިންގާ އަސްކަރީ ޙަރަކާތްތަކުގެ ސަބަބުން އެމެރިކާއަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެންދެއެވެ. ދެބައިކުޅަ އެއްބަޔާއި ކައިރި ކުރާ ޢަދަދެއްގެ މީހުން ބުނެފައިވަނީ އެމެރިކާއިން ހިންގާ އެފަދަ އަސްކަރީ ޙަރަކާތްތަކުގެ ސަބަބުން އެމެރިކާއަށް ލިބޭ ގެއްލުން ބޮޑުކަމަށެވެ.

އީރާނުގައި ދެވަނަ އަށް އެންމެ ބާރުގަދަ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ ހުކުރު ދުވަހު އެމެރިކާއިން އިރާޤަށް ވައިގެ މަގުން ދިން ޙަމަލާތަކެއްގަ އެވެ. އޭރު ސުލައިމާނީ ބަޣްދާދުގެ ވައިގެ ބަނދަރުން ކާރެއް ގައި ނިކުންނަވަނީ އެވެ. ސުލައިމާނީ އަކީ އިރާޤުގެ ޝީޢީންގެ މެދުގައި މަޤުބޫލު ބޭފުޅެކެވެ. އަދި މެދުއިރުމަތީ ޞަރަޙައްދުގައި އިރާނުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް އެންމެ އިސްރޯލެއް އަދާކުރެއްވި ބޭފުޅަކީވެސް ސުލައިމާނީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.