ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 09:46
ހަމަނުޖެހުމުގައި އެމެރިކާގެ ދިދަ އަންދާލަނީ
ހަމަނުޖެހުމުގައި އެމެރިކާގެ ދިދަ އަންދާލަނީ
އަލްޖަޒީރާ
އީރާނު- އެމެރިކާ
އީރާނުން އެމެރިކާއަށް ހަމަލާދީފިނަމަ، ނުރައްކާތެރި ރައްދު ހަމަލާތަކެއްދޭނެކަމުގެ އިންޒާރު އެމެރިކާއިން ދީފި
 
ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވަނީ ހީވެފައި
 
54 ސަރަހައްދު ރަމްޒުކޮށްދެނީ އެމެރިކާގެ އެމްބަސީން ރަހީނު ކުރި 52 މީހުން
 
54 ސަރަހައްދަކަށް ހަމަލާދޭނަން

އީރާނުން އެމެރިކާއަށް ޙަމަލާދީފިނަމަ އީރާނަށް ވެސް ނުރައްކާތެރި ޙަމަލާތަކެއްދޭނެކަމުގެ އިންޒާރުދީފިއެވެ.

އެމެރިކާއިން އީރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އީރާނުން ވަނީ ސުލައިމާނީގެ މަރުގެ ބަދަލު އެމެރިކާގެ ކިބައިން ހިފާނެ ކަމަށް އިޢުލާނު ކޮށްފައެވެ. އަދި ޙަމަލާދޭނެކަމުގެ އިންޒާރުވެސް ދީފައެވެ.

މިމައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ޓްރަންޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީރާނުން އެމެރިކާގެ ޞަރަޙައްދަކަށް ނުވަތަ ރައްޔިތުންނަށް ޢަމާޒުކޮށް ހަމަލާދީފިނަމަ، އީރާނަށާއި އެޤައުމުގެ ޘަޤާފަތަށް ވަރަށް މުހިއްމު 52 ޞަރަޙައްދަކަށް އެމެރިކާއިން ވަރަށް ވަރުގަދަ ޙަމަލާތަކެއްދޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވަނީ އެމެރިކާއިން ޙަމަލާދިނުމަށް ޢަމާޒުކޮށްފައިވާ 52 ޞަރަޙައްދަކީ 1979ގައި އީރާނުން އެޤައުމުގައި ހުންނަ އެމެރިކާގެ އެމްބަސީން ރަހީނު ކުރި 52 މީހުން ކަމަށެވެ. އަދި އެ މީހުން 444 ދުވަސް ވަންދެން ރަހީނުކޮށްގެން ވަނީ ގެންގުޅިފައެވެ.

އެމެރިކާއިން އީރާނުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، މި ޙަމަލާއަކީ ސީދާ ޓްރަމްޕްގެ އޯޑަރަށް ދިން ޙަމަލާއެއް ކަމަށް ރިޕޯރޓުތައް ބުނެއެވެ.

އެކަމާ ގުޅިގެން ހަމަނުޖެހުންތައް އިތުރުވެފައި ވަނިކޮށް އެމެރިކާއިން މެދުއިރުމަތީގެ ޤައުމުތަކަށް އިތުރު ސިފައިން ފޮނުވައި، ލަޝްކަރުތައް ވަރުގަދަ ކުރަމުންދާކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކާއި ޙަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އީރާނުން ރައްދު ޙަމަލާތައް ވަރުގަދަ ކުރަމުންދާއިރު، އީރާނުގެ އަސްކަރިއްޔާގެ އިސް ފަރާތަކާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެމެރިކާއިން ދިން ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އެ ޤައުމުގެ ބާރު ހިނގާ ޞަރަޙައްދުތަކުގަ އުޅޭ އެމެރިކާ ރައްޔިތުންނަށް ޓާރގެޓްކޮށް، ޙަމަލާ ދިނުމަށް ވަކި ޞަރަޙައްދުތަކެއްވެސް ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
67%
33%
0%
0%
0%
ކޮމެންޓް