ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 23:28
އީރާނުން ބަގްދާދަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން
އީރާނުން ބަގްދާދަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން
ޓްވިޓަރ
ސުލައިމާނީގެ މަރު
ބަގްދާދަށް ދެމުންދާ ރޮކެޓް ހަމަލާތަކުގައި 5 މީހަކަށް އަނިޔާވެއްޖެ
 
އެމްބަސީއަށް ވަންނަ ދޮރު ބަންދުކޮށްފައިވާކަމަށް ރިޕޯރޓްތައް ބުނޭ
 
ބޮޑު ދެ ގޮވުމެއްގެ އަޑު އިވިގެން ދިޔަ ކަމަށް މަންޒަރުދުއް ފަރާތްތަކުން ބުނޭ
 
ހަމަލާދިނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި

އީރާނުން ބަގްގާދުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 5 މީހަކަށް ބޮޑެތި އަނިޔާތައް ވެފައިވާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ސްކައި ނިއުސް އިން ރިޕޯޓް ކޮށްފައިވާގޮތުން ބަގްދާދުގެ މީހުން ދިރިއުޅޭ ސަރަޙައްދެއްކަމަށްވާ ޖަދްރިއާ ޑިސްޓްރިކްޓަށް ދިން ހަމަލާތަކުގައި 5 މީހަކަށް އަނިޔާވެފައިވާއިރު، ސަލާހުއްދީން ޕްރޮވިންސްގައި ހުންނަ ބަލާދް އެއާބޭސްއަށް އަމާޒުކޮށްވެސް ވަނީ އިތުރު ރޮކެޓް ހަމަލާތަކެއް ދީފައެވެ. ނަމަވެސް މި ހަމަލާތަކުގެ ސަބަބުން މީހަކު މަރުވިކަން އަދި ކަށަވަރުނުވާކަމަށް ސްކައި ނިއުސް އިން ރިޕޯރޓް ކުރެއެވެ.

މި ހަމަލާތަކުގެ އިތުރުންވެސް އީރާނުން އެމެރިކާ ސިފައިންނަށް ހަމަލާދިނުމަށް އިރާޤުގައި ހުންނަ ބަލާދް އެއާފޯސް ބޭސްއަކަށް ދެ ރޮކެޓް ހަމަލާ ދީފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބަގްދާދުގެ އެކި ހިސާބުތަކަށް ރޮކެޓް ހަމަލާތައް ދެމުންދާކަމަށް މީޑީއާތަކުން ރިޕޯޓްކުރަމުންދާއިރު، ބީބީސީގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުން އިރާޤުގެ ވެރިރަށް ބަގްދާދުގައި ހުންނަ އެމެރިކާ އެމްބަސީގެ ގްރީން ޒޯން ހިމެނޭ ސަރަޙައްދަށް އަމާޒުކޮށް ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވަނީ ރޮކެޓް ހަމަލާއެއް ދީފައެވެ. އަދި މި ހަމަލާގެ ސަބަބުން އެމްބަސީއަށް ވަންނަ ދޮރު ބަންދުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެއިތުރުން، އިރާޤުގެ ވެރިރަށުން ބޮޑު ދެ ގޮވުމެއްގެ އަޑު އިވިގެން ދިޔަ ކަމަށް މަންޒަރުދުއް ފަރާތްތަކާއި ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާއިރު، އާދިއްތަ ދުވަހުން ފެށިގެން އެމެރިކާގެ މިލިޓަރީ ބޭސްތަކާއި 1 ކިލޯމީޓަރު ދުރުގައި ތިބުމަށް އިރާޤުގެ ސިފައިންނަށް ހިޒްބުﷲ ޖަމާއަތުގެ އިސްވެރިން ލަފާދީފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ.

އީރާނުން ރައްދު ހަމަލާތައް ވަރުގަދަކުރަމުންދާއިރު، އީރާންގެ އަސްކަރިއްޔާގެ އިސް ފަރާތަކާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯރޓްކޮށްފައިވާ ގޮތުން އެމެރިކާއިން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އެ ޤައުމުގެ ބާރު ހިނގާ ސަރަޙައްދުތަކުގައި އުޅޭ އެމެރިކާ ރައްޔިތުންނަށް ޓާރގެޓްކޮށް، ހަމަލާ ދިނުމަށް ވަކި ސަރަޙައްދުތަކެއްވެސް ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
4%
96%
0%
0%
0%
0%
ކޮމެންޓް