ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 22:20
ރޮކެޓް ހަމަލާދިންކަމަށް ބުނެވޭ ސަރަހައްދު
ރޮކެޓް ހަމަލާދިންކަމަށް ބުނެވޭ ސަރަހައްދު
ގޫގްލް މެޕްސް
ސުލައިމާނީގެ މަރު
ބަގްދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް އަމާޒުކޮށް ރޮކެޓް ހަމަލާއެއް ދީފި
 
އެމްބަސީއަށް ވަންނަ ދޮރު ބަންދުކޮށްފައިވާކަމަށް ރިޕޯރޓްތައް ބުނޭ
 
ބޮޑު ދެ ގޮވުމެއްގެ އަޑު އިވިގެން ދިޔަ ކަމަށް މަންޒަރުދުއް ފަރާތްތަކުން ބުނޭ
 
ހަމަލާދިނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި

އެމެރިކާއިން އީރާންގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލާފައި ވަނިކޮށް ބަގުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެޓް ހަމަލާއެއްދީފި އެވެ.

ބީބީސީގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯރޓްކޮށްފައިވާގޮތުން އިރާޤުގެ ވެރިރަށް ބަގްދާދުގައި ހުންނަ އެމެރިކާ އެމްބަސީގެ ގްރީން ޒޯން ހިމެނޭ ސަރަޙައްދަށް ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވަނީ ރޮކެޓް ހަމަލާއެއް ދީފައެވެ.

އޭގެއިތުރުން، އިރާޤުގެ ވެރިރަށުން ބޮޑު ދެ ގޮވުމެއްގެ އަޑު އިވިގެން ދިޔަ ކަމަށް މަންޒަރުދުއް ފަރާތްތަކާއި ހަވާލާދީ ރޮއިޓަރސްގައި ރިޕޯރޓްކޮށްފައިވެއެވެ. އަދި މި ހަމަލާގެ ސަބަބުން އެމްބަސީއަށް ވަންނަ ދޮރު ބަންދުކޮށްފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

އޭގެ އިތުރުން، އިރާޤުގައި ހުންނަ ބަލާދް އެއާފޯސް ބޭސްއަކަށްވެސް ދެ ރޮކެޓް އަމާޒުކޮށް، ހަމަލާދީފައިވާކަމަށް އިރާޤުގެ މީޑީއާތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ދަނީ ރިޕޯރޓްކުރަމުންނެވެ.

އިރާގުގައި ހުންނަ އެމެރިކާ އެމްބަސީއަށް ހަމަލާދީފައިވާކަމަށް ރިޕޯރޓްތައް ބުނާއިރު، އެމެރިކާއަށް ރައްދު ހަމަލާ ދިނުމަށް 35 ސަރަޙައްދެއް ފާހަގަކޮށްފައިވާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އެގޮތުން އެމެރިކާގެ ގިނަ އުޅަނދުތައް ހުރަސްކުރާ ހޮރުމޫޒު ކަނޑުއޮޅިއަކީ މުހިއްމު ޓާރގެޓެއް ކަމަށާއި، އޭގެއިތުރުން އިޒްރޭލުގެ އިޤްތިސާދީ މައި ހަބް ކަމަށްވާ ތެލަވިލްއަށްވެސް ހަމަލާތައް އަމާޒުކުރާނެކަމުގެ އިޝާރާތެއް އީރާނުގެ އަސްކަރިއްޔާއިން ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
1%
93%
1%
2%
0%
3%
ކޮމެންޓް
4 ޖެނުއަރީ 2020 | ހޮނިހިރު 23:44
ޗާލީ 13
އިރާން ފުޑެންވެގެން ތިއުޅެނީ، ހުއްޓާލާ، މިހާތަނަށް އެމެރިކާއިން ހަލާކުރަން ހިފި ހުރިހާ ގައުމެއްވެސް ވަނީ އެމީހުން ބާރު ފޯރުވާފައި، އިރާން ތިކުޅިގަޑުގެ ތެރެއަށް ނުވަދެ އަމާން ދިނުން ފެނޭ، މީ ނަސޭހަތެއް، އެހެންނޫނީ ވަރުގަދަ ހަނގުރާމައަކާއި ކުރިމަތިލާން ޖެހޭނީޕ، ދުނިޔެ ބަނޑަށް ޖެހޭނީ، މަރުތައް ގިނަވާނީ