ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 23:31
މުޒާހަރާ ތަކުގައި 27 މީހަކު ވަނީ މަރުވެފައި
މުޒާހަރާ ތަކުގައި 27 މީހަކު ވަނީ މަރުވެފައި
އަލްޖަޒީރާ
އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނު
ރަށްވެހިކަމުގެ ބިލާ ދެކޮޅަށް ދެކުނު އިންޑިއާގައި އެއްލައްކަ މީހުން އެއްވުމެއް ބާއްވައިފި
 
ހައިދަރް އާބާދުގެ މެޖޯރިޓީ އަކީ މުސްލިމުން
 
ސީއޭއޭއާ ދެކޮޅަށް އިންޑިއާގެ އެކި ކަންކޮޅު ތަކުގައި ދަނީ މުޒާހަރާ ކުރަމުން
 
މުޒާހަރާ ކޮށްފައިވަނީ ހައިދަރްއާބާދްގައި

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި ބިލާއި ދެކޮޅަށް ދެކުނު އިންޑިއާގެ އެކި ސަރަހައްދު ތަކުގައި އެއްލައްކަ އަށް ވުރެ ގިނަ މީހުން ސުލްހަވެރި އެއްވުމެއް ބާއްވައިފި އެވެ.

''މިލިއަން'' މާޗްގެ ނަމުން ނަން ދީފައިވާ މި އެއްވުން އިންތިޒާމް ކޮށްފައިވަނީ މުސްލިމުންގެ ގްރޫޕްއަކާއި ހައިދަރްއާބާދްގެ ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން ގުޅިގެންނެވެ.

ހައިދްރާއާބާދުގެ އާބާދީގެ 40 ޕަސެންޓަކީ މުސްލިމުންނަށްވާއިރު އެއީ އާބާދީގެ ހަތް މިލިއަން މީހުންނެވެ.

ނިމިގެން ދިޔަ ޑިސެމްބަރު މަހު ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ފާސްކުރި ސިޓިޒެންޝިޕް އެމެންޑެންޓް އެކްޓް (ސީއޭއޭ) ގެ ގާނޫނާއި އެކު ސަރުކާރު ހޫނު ފެނަށް ވެއްޓި މުޅި އިންޑިއާގެ އެކި ހިސާބުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

ހައިދްރާއާބާދުގެ މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ބެނަރ ތަކުގައި ލިޔެފައިވަނީ '' ސީއޭއޭ ބިލް ވަގުތުން ނަގާ'' އާއި ''އިންޑިއާގެ ދީނަކީ ހަމައެކަނި ސެކިއުލަރިޒަމް'' މިހެންނެވެ.

އާ ގާނޫނާއިއެކު އިންޑިއާގެ އަވަށްޓެރި ގައުމުތައް ކަމަށްވާ އަފްޢާނިސްތާނާއި، ބަންގްލަދޭޝް އަދި ޕާކިސްތާނުން އެތެރެފައިވާ މުސްލިމުން ފިޔަވާ އެހެން މީހުންނަށް އިންޑިއާގެ ރަށްވެހިކަން ފަސޭހައިން ލިބިގެންދެއެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި މުޒާހަރާގައި އާއްމުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ 27 މީހަކު ވަނީ މަރުވަފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
50%
0%
ކޮމެންޓް