ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 18:48
އީރާނުގެ މަަގުތަކަށް ގިނަ ބަޔަކު އެއްވެ އަޑުއުފުލަނީ
އީރާނުގެ މަަގުތަކަށް ގިނަ ބަޔަކު އެއްވެ އަޑުއުފުލަނީ
ޔޫސުފް ސޮފްވާން ރަޝީދު
ގާސިމް ސުލައިމާނީގެ މަރު
އީރާނުގެ ބާރު ހިނގާ ހިސާބުތަކުގައި އުޅޭ އެމެރިކާ ރައްޔިތުންނަށް ނުރައްކާ ބޮޑުވެއްޖެ
 
ކަޅު ހެނދުމުގައި ގިނަ ބަޔަކު ވަނީ ބަޢްދާދުގެ މަގުތަކަށް އެއްވެފައި
 
އީރާނުން ވަނީ 35 ސަރަޙައްދެއް ފާހަގަކޮށްފައި
 
ހޮރުމޫޒު ކަނޑުއޮޅިއަކީ މުހިއްމު ޓާރގެޓެއް

އެމެރިކާއިން އީރާންގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އީރާނުގެ ބާރު ހިނގާ ސަރަޙައްދުތަކުގައި އުޅޭ އެމެރިކާ ރައްޔިތުން ނުރައްކަލަށް ހުށައެޅިއްޖެއެވެ.

އީރާންގެ އަސްކަރިއްޔާގެ އިސް ފަރާތަކާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯރޓްކޮށްފައިވާ ގޮތުން އެމެރިކާއިން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އެ ޤައުމުގެ ބާރު ހިނގާ ސަރަޙައްދުތަކުގައި އުޅޭ އެމެރިކާ ރައްޔިތުންނަށް ދަނީ ޓާރގެޓް ކުރަމުންނެވެ.

އެގޮތުން އެމެރިކާގެ ގިނަ އުޅަނދުތައް ހުރަސްކުރާ ހޮރުމޫޒު ކަނޑުއޮޅިއަކީ މުހިއްމު ޓާރގެޓެއް ކަމަށާއި، އޭގެ އިތުރުންވެސް 35 ސަރަޙައްދެއް ފާހަގަކޮށްފައިވާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެއެވެ. އަދި މި ހަމަލާތައް އިޒްރޭލުގެ އިޤްތިސާދީ މައި ހަބް ކަމަށްވާ ތެލަވިލްއަށްވެސް އަމާޒުކުރާނެ ކަމުގެ އިޝާރާތެއް އީރާނުގެ އަސްކަރިއްޔާއިން ވަނީ ދީފައެވެ.

ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ ސީދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޯޑަރަށްކަން ޕެންޓަގަން އިން ހާމަކޮށްފައިވާއިރު، ސުލައިމާނީ ގެންދެވީ އެމެރިކާއާއި ދެކޮޅަށް ހަނގުރާމަވެރި ރޭވުންތަކެއް ރާވަމުން ކަމަށާއި، ސުލައިމާނީ މަރާލުމަކީ މާ ކުރިންވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އެ ހަމަލާ ދިފާއު ކުރައްވާފައެވެ.

ނަމަވެސް އެމެރިކާއިން އެ ހަމަލާ ދިނީ ހަނގުރާމައެއް ފެށުމުގެ ނިޔަތުގައެއް ނޫން ކަމަށާއި، އެއީ ހަނގުރާމައެއް ހުއްޓުވުމަށް ދިން ހަމަލާއެއްގެ ކަމަށް ޓްރަމްޕް ވަނީ ސިފަ ކުރައްވާފައެވެ.

އީރާނުން އެމެރިކާއާއި ދެކޮޅަށް ރައްދު ހަމަލާދޭނެ ކަމަށާއި ސުލައިމާނީގެ މަރުގެ ބަދަލު އެމެރިކާގެ ކިބައިން ހިފާނެ ކަމަށް އިއުލާނު ކޮށްފައިވާއިރު، އެކަމުގެ ސަބަބުން މެދުއިރުމަތީގައި ހަނގުރާމައެއް އުފެދިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ބައިނަލްއަޤުވާމީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އީރާނުގެ ދެވަނައަށް އެންމެ ބާރުގަދަ ފަރާތްކަމަށްވާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެކި ހިސާބުތަކުގައި ދަނީ އެމެރިކާއާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. އެގޮތުން ސުލައިމާނީގެ ޖަނާޒާއަށް ކަޅު ހެނދުމުގައި ގިނަ ބަޔަކު ވަނީ ބަޢްދާދުގެ މަގުތަކަށް އެއްވެފައެވެ. އޭގެ އިތުރުން ކަރުބަލާ އާއި ނަޖަފްގެ މަގުތަަކަށްވެސް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ވަނީ ހިތާމަ ފާޅުކޮށްފައެވެ.

ގާސިމް ސުލައިމާނީގެ ކަށު ނަމާދުކުރުން ހަމަޖެހިފައިވަނީ އީރާނުގެ ވެރިރަށް ތެހްރާންގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
3%
53%
21%
18%
3%
3%
ކޮމެންޓް