ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 15:15
ބިޕާޝާ އާއި ކަރަން ރާއްޖޭގައި އަންނަނީ ޗުއްޓީ ހޭދަކުރަމުން
ބިޕާޝާ އާއި ކަރަން ރާއްޖޭގައި އަންނަނީ ޗުއްޓީ ހޭދަކުރަމުން
ޓައިމްސް އޮފް އިންޑިއާ
ބޮލީވުޑް
ބިޕާޝާ އާއި ކަރަން ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގައި
 
ބިޕާޝާ އަންނަނީ ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް އިންސްޓަގްރާމަށް ޕޯސްޓު ކުރަމުން

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އާ އަހަރު ފާހަގަކުރުމަށް ބިޕާޝާ އާއި ކަރަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ބިޕާޝާ އަންނަނީ ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް އިންސްޓަގްރާމަށް ޕޯސްޓު ކުރަމުންނެވެ. ނަމަވެސް ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓެއް ހާމަކޮށްފައެއް ނުވެއެވެ.

ބިޕާޝާ ވަނީ ޗުއްޓީ ހޭދަކުރުމަށް އިންޑިޔާއިން ފުރަމުން ޗުއްޓީ ހޭދަކުރުމަށް ފުރަނީ ކަމަށާއި ހުރިހާ އެންމެންނަށް އުފާވެރި ޗުއްޓީއަކަށް އެދޭކަމަށް ބުނެފަ އެވެ. އޭގެފަހުން ރާއްޖެ އައިސް ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ޕޯސްޓުކުރަމުން ބިޕާޝާ ރާއްޖެ ސިފަ ކޮށްފައިވަނީ ސުވަރުގޭގެ ގޮތުގަ އެވެ.

ބިޕާޝާ އާއި ކަރަން ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އެއަށްފަހު ދެތަރިން ހަނީމޫން ހޭދަކުރުމަށް ވެސް ރާއްޖެ އައިސްފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް