ކ. މާލެ
|
21 މާރޗް 2017 | އަންގާރަ 18:06
ޕްރިޔަންކާ ޗޯޕްޅާގެ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި ފުރަތަމަ ފިލްމް "ސާރވަން"
ޕްރިޔަންކާ ޗޯޕްޅާގެ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި ފުރަތަމަ ފިލްމް "ސާރވަން"
ގޫގުލް
ޕްރިޔަންކާ ޗޯޕްޅާ
ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ
 
ފާޑުކިޔާ ފަރާތްތަކުން ބުނެފައި މި ފިލްމަށް އެހާ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައި ވަނީ ޕްރިޔަންކާގެ ސަބަބުން ކަމަށް

ބޮލީވޫޑް އަދި މިހާރު ހޮލީވޫޑްގައި ވެސް ފިޔަޖަހަމުން އަންނަ އިންޑިއާގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްޅާގެ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި ފުރަތަމަ ފިލްމް "ސަރވަން" ނިއު ޔޯކް އިންޓަނޭޝަލް ފިލްމް ފެސްޓިވަލްގައި އެޅުވުމަށް ހޮވިއްޖެއެވެ.

ޕްރިޔަންކާގެ ޕާޕްލް ޕެބްލާ ޕިކްޝާ (ޕީޕީޕީ)ގެ ފުރަތަމަ ފިލްމްގެ ޑައިރެކްޓަރު ކަރާން ގުލިއާނީ ބުނީ ނިއު ޔޯކް އަށް ހޮވިފައިވާ ކަމުގެ ލިޔުން ލިބިފައިވާ ކަމަށެވެ. އެކަމާ ވަރަށް އުފާވާ ކަމަށާއި މަސައްކަތް ބަލައިގަތުމުން ޝުކުރުވެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިއީ ޕަންޖާބްގެ ފިލްމެއް ނިއު ޔޯކް ފިލްމް ފެސްޓިވަލްގައި ދައްކާ ފުރަތަމަ ފަހަރު ކަމަށް ވުމުން ވަރަށް ފަހުރުވެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނެފައި މި ފިލްމަށް އެހާ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައި ވަނީ ޕްރިޔަންކާގެ ސަބަބުން ކަމަށެވެ. ހޮލީވޫޑްގައި ޕްރިޔަންކާ އަށް މިހާރު ލިބިފައިވާ ސަމާލުކަމުގެ ސަބަބުން އޭނާގެ ކުންފުނިން ޕްރޮޑިއުސްކުރި ފިލްމަކަށް ވުމުން ވެސް "ސަރވަން" އަށް ހާއްސަ ސަމާލުކަމެއް ލިބުނީ ކަމަށާއި ނިއު ޔޯކް ފިލްމް ފެސްޓިވަލުން ފުރުސަތު ލިބުނީ ވެސް އެ ސަބަބާ ހުރެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ފިލްމްގެ ޑައިރެކްޓަރު ގުލިއާނީ ވެސް އެކަމަށް އެއްބަސްވެ އެވެ. އޭނާ ބުނީ ޕްރިޔަންކާއަކީ ބައިނަލްއަގުވާމީ ތަރިއެއް ކަމަށާއި ނަމަވެސް ފިލްމް އެހާ ކާމިޔާބުވީ ހަމައެކަނި އެ ސަބަބާ ހުރެ ނޫން ކަމަށެވެ. ފިލްމް ކާމިޔާބުވުމުގައި ފިލްމުގެ މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށާއި އެފަދަ ފެސްޓިވަލަކަށް ފިލްމެއް ހޮވާއިރު ވަރަށް ގިނަ ކަންކަމަށް ބަލާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޕަންޖާބް ފިލްމްގެ ލީޑް ރޯލުން ފެނިގެންދަނީ ޕަންޖާބް އެކްޓަރެއް ކަމަށްވާ އަމްރިންދަރު ގިލް އާއި ސިމީ ޗާހަލްއެވެ. ފިލްމްގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާ އިން ބޭރުގައި ދިރިއުޅޭ ޒުވާނަކު އޭނާގެ ކާބަފައިންނާއި އާއިލާ ހޯދުމަށް އިންޑިއާ އަށް ކުރާ ދަތުރުގެ މައްޗަށެވެ.

މިދިޔަ އަހަރު ނުކުން މިފަދަ ހޮލީވޫޑް ފިލްމެއް ކަމަށްވާ "ލަޔަން" އަށް ވެސް ގިނަ ކާމިޔާބީތަކެއް ލިބިފައި ވެއެވެ. އޮސްކާގެ ވަނަތައް ވެސް ހާސިލްކުރި "ލަޔަން"ގެ ވާހަކަ ވެސް ބިނާކޮށްފައި ވަނީ އޮސްޓްރޭލިއާގެ ދެމަފިރިއަކު އިންޑިއާގެ ޔަތީމު ހާނާއަކުން އެޑޮޕްޓްކުރާ ކުއްޖަކު އޭނާގެ އާއިލާ ހޯދަން ކުރާ މަސައްކަތުގެ މައްޗަށެވެ.

ފެސްޓިވަލްގައި "ސަރވަން" ދެއްކުމަށް ހަމަޖައްސާފައި ވަނީ މޭ 4 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް