ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 13:08
ސާރާ އާއި އޭނާގެ ކޮއްކޮ އިބްރާހީމް
ސާރާ އާއި އޭނާގެ ކޮއްކޮ އިބްރާހީމް
ސޯޝަލް މީޑިއާ
ބޮލީވުޑް
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ސާރާގެ އިންސްޓަރގްރާމަށް އެތައް ބައެއްގެ ލޯތައް
 
ސާރާ އަންނަނީ ފޮޓޯތައް އިންސްޓަގްރާމަށް ޕޯސްޓުކުރަމުން
 
ސާރާ އާއި އޭނާގެ ކޮއްކޮ އިބްރާހީމް އަދި މަންމަ ޗުއްޓީ ހޭދަކުރަމުން އަންނަނީ ލަކްސް ނޯތު މާލޭ އެޓޯލް ގައި

ރާއްޖެއަކީ އެތައް ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް އަންނަ މަންޒިލަކަށްވާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ބޮލީވުޑްގެ ތަރިންގެ ލިސްޓުވެސް ކުރެއް ނޫނެވެ. ދާދިފަހުން ޓީވީ ތަރި ކަރިޝްމާ ތަންނާ އާއި ހީނާ ޚާން ރާއްޖޭގައ ޗުއްޓީ ހޭދަކޮށްފައިވާއިރު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖޫހީ ޗައުލާވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

މިއިން ކޮންމެ ތަރިއަކުވެސް ރާއްޖޭގައި އެމީހުން ޗުއްޓީ ހޭދަކުރަމުންދާ ގޮތް އިންސްޓަރގްރާމް މެދުވެރިކޮށް އެމީހުންގެ ފޭނުންނަށް އަންނަނީ ގެނެސްދެމުންނެވެ. އެގޮތުން މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ސާރާ އަލީ ޚާން އާއި އޭނާގެ މަންމަ އަމްރިތާ ސިން އަދި ކޮއްކޮ އިބްރާހީމް އަލީ ޚާން ޗުއްޓީ ހޭދަކުރަމުންދާ ގޮތް ސާރާ އަންނަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނަށް ގެނެސްދެމުންނެވެ.

ލަކްސް ނޯތު މާލޭ އެޓޯލް ގެ ޕޫލްގައި ސާރާ އާއި އިބްރާހީމް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ސާރާ އަންނަނީ އިންސްޓަރގްރާމަށް ޕޯސްޓުކުރަމުންނެވެ. އެއާއެކު ގިނަ ބައެއްގެ ލޯތައް މިފޮޓޯތަކަށް އަންނަނީ އަމާޒުވަމުންނެވެ.

ސާރާގެ ފިލްމެއް ދެން އެންމެ އަވަހަށް ފެނިގެންދާނީ މިއަހަރުގެ ވެލަންޓައިންސް ދުވަހާއި ދިމާކޮށެވެ. އެއީ އާޖް ކަލް ކިޔާ ފިލްމަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
0%
0%
50%
ކޮމެންޓް