ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 03:16
ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެފައި
ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެފައި
އެރަބް ނިއުސް
ސުލައިމާނީގެ މަރު
ސުލައިމާނީގެ މަރު: އެމެރިކާއިން މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވަނީ
 
ބައިނަލްއަޤުވާމީ ފެންވަރުގައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައްވެސް އަޅާނެ
 
މެދުއިރުމައްޗަށް 3500 ސިފައިން ފޮނުވުމަށް ވަނީ ނިންމާފައި
 
ހާމަނާއީ ވަނީ ސުލައިމާނީ އަކީ ޝަހީދެއްކަމަށް ވިދާޅުވެފައި

އެމެރިކާއިން ދިން ހަމަލާއެއްގައި އީރާންގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުން އެކަމުގެ ބަދަލުހިފާނެ ކަމަށް އީރާނުން ބުނެފައިވަނިކޮށް، އެމެރިކާއިން މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވަން ނިންމައިފިއެވެ.

އިރާގުގެ ވެރިރަށް ބަޣްދާދުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް، އިރާނުގެ އިސްލާމިކް ރިވޮލިޔުޝަނަރީ ގާޑުގެ ވެރިޔާ މޭޖާ ޖެނެރަލް ގާސިމް ސުލައިމާނީ އަވާހާރަކޮށްލުމާއި ގުޅިގެން އިރާނުގެ އެތައް ހާސް ބަޔަކު މަގުތަކަށް އެއްވެ އެމެރިކާއާ ދެކޮޅަށް ދަނީ އަޑުއުފުލަމުންނެވެ.

މި ހަމަނުޖެހުންތައް އިތުރުވެފައި ވަނިކޮށް އެމެރިކާއިން މެދުއިރުމަތީގެ ޤައުމުތަކަށް އިތުރު ސިފައިން ފޮނުވައި، ލަޝްކަރުތައް ވަރުގަދަ ކުރަމުންދާކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯރޓްކޮށްފައިވެއެވެ. އެގޮތުން އެމެރިކާއިން މެދުއިރުމައްޗަށް 3500 ސިފައިން ފޮނުވުމަށް ނިންމާފައިވާއިރު، އިރާޤާއި ކުވެއިތުގައި އެމެރިކާގެ ފައުޖު ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ހާމަނާއީ ވަނީ ތިން ދުވަސް ގައުމީ ހިތާމައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ނިންމަވާފަ އެވެ. އަދި ހާމަނާއީ ވަނީ ސުލައިމާނީ އަކީ ޝަހީދެއްކަމަށް ވިދާޅުވެ ސުލައިމާނީގެ މަރުގެ ބަދަލު ހިފާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އެހެން ގައުމުތަކުގައި ހުރި އިރާނުގެ އެމްބަސީގައި ނަގާފައި ހުރި އިރާނުގެ ދިދަ ބައި ދަނޑިއަށް ތިިރިކުރުމަށް ވަނީ އަމުރުނެރެފަ އެވެ. މީގެއިތުރުން ސުލައިމާނީގެ ހަށިގަނޑު އިރާނަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އޭގެ އިތުރުން، މި ހަމަލާތަކާއި ގުޅިގެން ބައިނަލްއަޤުވާމީ ފެންވަރުގައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައްވެސް އަޅާނެ ކަމަށް އީރާނުގެ ފޮރިިން މިނިސްޓަރ މުހައްމަދު ޖަވާދު ޒާރިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. އަދި އޭނާ ވަނީ މިއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

ޔޫއެސް ހައުސްގެ އާނ ބަސް ހޯއްދެވުމަކާއިނުލައި ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާއިން ހަމަލާދިނުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގުވުމާއި ގުޅިގެން އެކަމަށް ޑިމޮކްރަޓުންވެސް ދަނީ ފާޑުކިޔަމުންނެވެ.

ސުލައިމާނީ އަކީ އިރާނުގައި ދެވަނަ އަށް އެންމެ ބާރު ގަދަ މީހާއެވެ. ސުލައިމާނީ އަކީ އިރާނާއި އިރާނުން ބޭރުގައިވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. މެދުއިރުމަތީގައި އިރާނުގެ ބާރުގަދަ ކުރުމަށް ސުލައިމާނީ މުހިންމު ދައުރެއް އަދާކުރައްވަ އެވެ. އަދި އެމެރިކާ އާއި އިސްރާއީލަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސުލައިމާނީ ފާހަގަވާއިރު އެ ދެގައުމުން އަންނަނީ ސުލައިމާނީ އަށް އަބަދުވެސް ފާރަލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް