ކ. މާލެ
|
21 މާރޗް 2017 | އަންގާރަ 17:22
ބިއުޓީ އެންޑް ދަ ބީސްޓް
ބިއުޓީ އެންޑް ދަ ބީސްޓް
ގޫގުލް
ބިއުޓީ އެންޑް ދަ ބީސްޓް
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު
 
ބެލްގެ ރޯލުން ފެނިގެންދަނީ އެމާ ވޮޓްސަން
 
މި ފިލްމު އަޅުވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު

ޑިސްނީ ކާޓޫނެއް ކަމަށްވާ "ބިއުޓީ އެންޑް ދަ ބީސްޓް"ގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ، ފިލްމު އެޅުވި ފަހުން 357.1 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

މި ފިލްމު ސިނަމާތަކުގައި މިމަހުގެ 17 ވަނަ ދުވަހު އަޅުވާފައިވާ އިރު މި ފިލްމަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެމެރިކާ އިންނެވެ. އެގޮތުން އެމެރިކާގެ ސިނަމާތަކުން އެކަނި 174.8 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.

މިއާ އެކީ އެ ފިލްމު މިވަނީ އެންމެ ކުރު މުއްދަތުގައި އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުތަކުގެ ރެކޯޑް ބޮކްސް އޮފީހުން ހޯދާފަ އެވެ.

މީގެ ކުރިން މި ރެކޯޑް އޮތީ މިދިޔަ އަހަރު އަޅުވާފައިވާ "ބެޓްމޭން ވާސް ސުޕަރމޭން: ޑޯން އޮފް ޖަސްޓިސް" ފިލްމަށެވެ.

މީގެ އިތުރުން "ބިއުޓީ އެންޑް ދަ ބީސްޓް" ވެފައި ވަނީ 2017 ވަނަ އަހަރުގެ މިހާތަނަށް އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ދުވަހު އެންމެ ބޮޑު ކާމީޔާބު ހޯދި ފިލްމަށެވެ. އެމާ ވޮޓްސަން ބެލްގެ ރޯލުން ފެނިގެންދާ މި ފިލްމުގެ އިތުރަށް މީގެ ކުރިން ސިނަމާތަކަށް އައިސްފައިވާ ޑިސްނީގެ ލައިވް އެކްޝަން ފިމްލުތައް ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. އެގޮތުން "އެލިސް އިން ވޮންޑަރލޭންޑާއި، "މެލިފިސެންޓް" އަދި "ދަ ޖަންގަލް ބުކް" ވެސް ވަނީ ބޮކްސް އޮފީހުގައި ކާމިޔާބީތަކެއް ހޯދާފަ އެވެ.

 ބިއުޓީ އެންޑް ދަ ބީސްޓް ފިލްމި އުފެއްދުމަށް ހޭދަކޮށްފައިވަނީ 160 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން ވެސް ޑިސްނީ އިން އަންނަނީ "އެލަޑިން"، "ޕިކޯކިއޯ" ގެ އިތުރުން "މުލާން" ފަދަ ކާޓޫންތަކުގެ ފިލްމުތަށް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި