ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 19:22
ސޫރިޔާގެ މާރިތު އަލް-ނޫމާން އަވަށުގަ ހުންނަ ޖަލެއްގައި ޙާލުގަ ޖެހިފައިވާ ކުޑަކުދިންތަކެއް
ސޫރިޔާގެ މާރިތު އަލް-ނޫމާން އަވަށުގަ ހުންނަ ޖަލެއްގައި ޙާލުގަ ޖެހިފައިވާ ކުޑަކުދިންތަކެއް
ސައުދީ ގެޒެޓް
ސީރިއާ ދާޚިލީ ހަނގުރާމަ
ޙާލުގަ ޖެހުނު ސޫރިޔާ ރައްޔިތުން އާއަހަރު ބޯހިޔާވަހިކަން ހޯދީ ޖަލެއްގަ!
 
ސީރިއާ ސަރުޚާރުން ބޭނުންވަނީ އިދްލީބު އަވަށުން ހަނގުރާމަވެރިން އެއްކޮށް ނައްތާލަން
 
ސީރިއާ ސިފައިން ޙަމަލާ ދެނީ ރަޝީޔާގެ ފައުޖުތަކުގެ އެހީތެރިކަމާއެކު
 
އިދްލީބު އަވަށުން މިދިޔަ ދެ ހަފުތާގަ އެކަނިވެސް 284،000 މީހުން ގެދޮރު ގެއްލި ޙާލުގައި ޖެހުނު

ސީރިއާގެ އިދްލީބުގައި ޙަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ގްރޫޕުތަކާއި ދެކޮޅަށް އެޤައުމުގެ އަސްކަރީން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގެ ޝިކާރައަކަށްވެ، ގިނަ ޢަަދަދެއްގެ ޢާންމު ރައްޔިތުން ވަނީ އަމިއްލަ ޤައުމުގައި ރެފިއުޖީންނަށް ވެފައެވެ.

ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސީރިއާގެ ހުޅަނގު އުތުރު އިދްލީބް އަވަށުގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ސީރިއާގެ އަސްކަރީން ދިން ޙަމަލާތަކުގަ އެކަނިވެސް، އެއަވަށުން 284،000 މީހުން ގެދޮރު ގެއްލި ޙާލުގައި ޖެހުނު ކަމަށް އދ އިން ބުނެއެވެ. ޙާލުގަ ޖެހުނު ގިނަ މީހުން ހިޖުރަކޮށްފައިވަނީ އަވަށްޓެރި މާރިތު އަލް-ނޫމާން އަވަށަށް ކަމަށް ޚަބަރު ލިބެއެވެ.

މީގެ ތެރެއިން ގިނަ ޢާއިލާތައް މިހާރު ދިރިއުޅެމުން ދަނީ އެޤައުމުގެ ސަރުކާރުން ކުރިން ބޭނުން ކުރަމުން ދިޔަ ޖަލެއްގައެވެ. މި ޖަލުގަ ވަގުތީ ބޯހިޔާވަހިކަން ހޯދި ނަމަވެސް، އެމީހުން ވަނީ ޒަރޫރީ ބޭނުންތަކުން މަހުރޫމުވެފައެވެ. ކުޑަކުދިންނާއި، އެކި އުމުރު ފުރާގެ މީހުންނަށް ވަނީ އެއްތަނެއްގައި ދަތި އުނދަގުލުގަ ދިރިއުޅެން މަޖުބޫރުވެފައެވެ.

ދުވާލުގެ ގަޑިތަކުގަ ކުޑަކުދިން ބޭރަށް ނިކުމެ ކުޅެލާ ހެދިޔަސް ޜޭގަނޑު ވަންނަން ޖެހެނީ ޖަލުގެ އެތެރެއަށެވެ. މިތަނަކީ އާންމުން ދިރިއުޅެން އިމާރާތްކޮށްފައި ހުރި ތަނެއް ނޫންކަމުން، އެމީހުންނަށް ރޭގަނޑުގެ ވަގުތުތައް ވަނީ ބޮޑު ތަކުލީފަކަށް ވެފައެވެ. މިއީ ފިނި މޫސުން ކަމުން އެތާނގެ ފިނި ހޫނުން މިންވެސް އެހާ މައްޗެވެ. އެހެންނަމަވެސް ފިނިން ރައްކާތެރިވެވޭނެ އެއްގޮތެއްވެސް ނެތެވެ.

މިތާކު ފެނެއް، ކަރަންޓެއް ނެތް. އަދި އަލި ވަންނާނެ އެއްގޮތެއްވެސް ނެތް. ޖަލުގެ މިގޮޅިތައް ހަނިކަމުން ނޭވާ ހާސްވޭ. ކީއްކުރާނީ؟ މި ނޫންގޮތެއް މިހާރަކު ނެތް. ކިރިޔާވެސް ގޮތެއް އޮތްނަމަ އަހަރެން ދާނީ ތަނެއް ކުއްޔަށް ހިފައިގެން. އެވަރުވެސް ނުވި ތާނގަ ބަނޑު ފުރާނަ މުއްތިކޮށްލާނެ ގޮތެއްވެސް ނެތް.
ޖަލުގަ ދިރިއުޅޭ އުމުރުން ދުވަސްވީ މީހެއް

ސޫރިޔާގެ އިދްލީބުގެ ރައްޔިތުންނަށް މިހާ ބޮޑު ގެއްލުމެއް ލިބެމުން މިދަނީ، ހަނގުރާމަވެރިން ގެ ބާރު އެއަވަށުން ކަނޑުވާލުމަށް ސަރުކާރުން ހިންގާ އޮޕަރޭޝަން ތަކުން ރެކެން، ހަނގުރާމަވެރިން ޢާންމުން އައްޑަނައަކަށް ބޭނުން ކުރަމުންދާތީއެވެ. މިފަދަ ޙަމަލާތަކުގައި ޙާލުގަ ޖެހެމުންދާ ރެފިއުޖީންނަށް އދ ގެ ކަމާގުޅުން ހުރި އޭޖެންސީތަކުން ދަނީ އެހީތެރިވަމުންނެވެ.

ޙަމަލާތަކުގައި ކިތަންމެ ގިނަ މީހުން ޙާލުގަ ޖެހުނަށް އެއަށް ބެލުމެއް ނެތި ރަޝިޔާގެ ލަޝްކަރުގެ އެހީގައި ސީރިއާ ސިފައިން ދޭ ޙަމަލާތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އޮތީ އެންމެ ބޭނުމެކެވެ. ސީރިއާ ސަރުކާރުން ބޭނުންވަނީ ހަނގުރާމަވެރިންގެ ވަސް އިދްލީބުން ފޮހެލުމެވެ. އިދްލީބަށް މިދިޔަ ދެ ހަފުތާގައި ރަޝީޔާގެ އަސްކަރީ ވައިގެ އުޅަނދުތަކުން ބޮންވެސް އަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވައިގެ މިޙަމަލާގެ ސަބަބުން އިދްލީބުގެ ބައެއް އަވަށްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

އދ އިން ބުނާގޮތުގަ، މިއީ ސީރިއާގެ ދާޚިލީ ހަނގުރާމައަށް ނުވަ އަހަރުވެގެންދާއިރު، މިހާ ކުރު މުއްދަތެއްގަ ދިން ޙަމަލާއަކުން އެންމެ ގިނަ ޢަދަދަކަށް މީހުން ޙާލުގަ ޖެހުނު ފަހަރެވެ. ޙާލުގަ ޖެހުނު މީހުން މިސްކިތާއި، ސްކޫލާއި، ޢާންމު އިމާރާތްތަކުގައި ވަގުތީ ބޯހިޔާވަހިކަން ކުރިން ހޯދަމުން ދިޔަނަމަވެސް، މިހާރު އެތަން ތަން ފުރި ބާރުވެެއްޖެ ކަމަށް އދ އިން ބުނެއެވެ. އެންމެ ފަހުގެ ޙަމަލާތަކުގައި ޙާލުގަ ޖެހުނު މީހުން މިހާރު ބޯހިޔާވަހިކަން ހޯދަން ޖެހުނީ އެތައް ދުވަހެއް ވަންދެން ބޭނުންނުކޮށް ހުރި ޖަލެއްގައެވެ. ކުށުގެ ވެށިން ގެންނަ މީހުން ގިނަ ދުވަސްތަކެއް ވަންދެން ހައްޔަރުގައި ބަރިތިއްބަން ފަރުމާކޮށްގެން ހަދާފައި ހުރި ތަނެއްގައި، ޢާންމުންގެ ބަޔަކަށް ދިރިއުޅެން އެހާ ފަސޭހައެއް ނުވާނެކަމަށް އދ ގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އިސް މަސްއޫލުވެރިން ބުނެއެވެ.

މިތަނުންވެސް ޖާގަ ނުލިބުނު ބައެއް އާއިލާތައް މިހާރު ތުރުކީއާއި ސީރިއާ ގުޅޭ ޞަރަހައްދުގެ ޒައިތޫނި ދަނޑުތަކުގައި ކޭމްޕް ޖަހައިގެން ވަގުތީގޮތުން ދިރިއުޅެން ފަށާފައިވާކަމަށްވެސް އދ އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް