ކ. މާލެ
|
21 މާރޗް 2017 | އަންގާރަ 15:51
ނިކީ މިނާޖް
ނިކީ މިނާޖް
ގޫގުލް
ބިލްބޯޑުގެ ހޮޓް 100
އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް
 
ލިސްޓްގެ ތިންވަނާގައި އުޅެނީ ޓެއިލަރ ސްވިފްޓް
 
މީގެ ކުރިން މަގާމްގައި ހުރި އެރީތާ ފްރެންކްލިން ވަނީ ލިވަކިޔުމުން ރިޓަޔަރކޮށްފައި
 
34 އަހަރުގެ ނިކީ ލިސްޓްގެ ކުރިއަށް އެރީ 76 ހިޓް ލަވައާ އެކު

ބިލްބޯޑުގެ ހޮޓް 100 ޗާޓްގައި އެންމެ ގިނަ ހިޓް ލިބިފައިވާ އަންހެން އާޓިސްޓްގެ ރިކޯޑް ނިކީ މިނާޖް މުގުރާލައިފިއެވެ.

ޖުމްލަ 73 ހިޓް ލަވަ އާއި އެކު ކުރިން މަޝްހޫރު ސޯލް އާޓިސްޓް އެރީތާ ފްރެންކްލިން ހަދާފައިވާ އަދި 40 އަހަަރަށް ދަމަހައްޓާފައިވާ ރިކޯޑް ނިކީ މުގުރާލީ 76 ހިޓް ލަވައާ އެކުއެެވެ. އަރީތާ މި ރިކޯޑް ހަދާފައިވަނީ ޗާޓަށް އެރި އޭނާގެ 54 ވަނަ ލަވަ، "ބްރޭ އިޓް ޓު މީ ޖެންޓްލީ"އާ އެކު ޖޫން 18، 1977 ވަނަ އަހަރު، ކޮނީ ފްރެންސިސްގެ ރިކޯޑް މުގުރާލުމަށް ފަހުއެވެ.

އުމުރުން 74 އަހަރުގެ އަރީތާ ލަވަކިޔުމުން ރިޓަޔަރކޮށްފައިވާއިރު، އޭނާ އަދި އެއް އަލްބަމް ރިކޯޑްކޮށް ރިލީޒްކުރަން ނިންމާފައިވާކަމުގެ އަޑު ވަނީ ފެތުރިފައެވެ.

މަޝްހޫރު ރެޕް އާޓިސްޓް، ނިކީ, 34, އަރީތާގެ ރިކޯޑް މުގުރާލީ މި މަހު ރިލީޒް ކުރި ތިން ލަވަ- "ނޯ ފްރޯޑްސް"، "ރިގްރެޓް ޔުއަރ ޓިޔަރސް" އަދި "ޗޭންޖްޑް އިޓް"- އާ އެކުއެވެ.

ރިކޯޑް މުގުރާލުމަށް ފަހު ނިކީ ވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް އިންސްޓަގްރާމް ޕޯސްޓެއް އަޕްލޯޑްކޮށްފައެވެ.

"އަހަރެންގެ ފޭނުންނަށް: ވަރަން ލޯބިވޭ، ދުވަހަކު ވެސް ކިޔައި ނުދެވޭނެހާ ބޮޑަށް ލޯވިބޭ،" ނިކީ ބުނެފައި ވެއެވެ.

ހޮޓް 100ގައި 70 ލަވައާއެކު ލިސްޓްގެ ތިން ވަނައިގައި އޮތީ ޓެއިލަރ ސްވިފްޓެެވެ. ރިޕޯޓްތައް ދައްކާ ގޮތުން ޓެއިލަރ ވެސް ތައްޔާރު ވަމުންދަނީ އަލްބަމެއް ރިލީޒް ކުރުމަށެވެ.

 

ބިލްބޯޑް ހޮޓް 100 ގައި ހިމެނޭ އަންހެން އާޓިސްޓުން

  • 76، ނިކީ މިނާޖް
  • 73، އެރީތާ ފްރެންކްލިން
  • 70، ޓެއިލަރ ސްވިފްޓް
  • 58، ރިހާނާ
  • 57، މެޑޯނާ
  • 56، ޑައޯން ވޯރވިކް
  • 54، ބިޔޯންސޭ
  • 53، ކޮނީ ފްރޭންސިސް
  • 48، މަރާޔާ ކެރީ
  • 48، ބްރެންޑާ ލީ
  • 43، މައިލީ ސައިރަސް 
  • 41، ބާބަރާ ސްޓްރައިސަންޑް
  • 40، މެރީ ޖޭ. ބްލައިޖް
  • 40، ޖެނެޓް ޖެކްސަން
  • 40، ޑަޔާނާ ރޮސް

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް