ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 17:16
އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ
އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ
ދި ކޮންވަޒޭޝަން
އެފްރިކާ
އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި
 
އިސްތިއުފާ ދެއްވާފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ގައި
 
ޒުމާ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކުރޭ
 
އިގްތިސާދަށް 700 ބިލިއަން ޑޮލަރގެ ގެއްލުންވެފައި

އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް، މައްސަލަ ތަހުޤީޤު ކުރަން ފަށައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޒޫމާގެ ވެރިކަމުގައި ކޮރަޕްޝަނުގެ ބޮޑެތި ޢަމަލު ތަކެއް ހިންގާފައިވާ ކަމަށް އެޤައުމުގެ ސަރުކާރުން ތުހުމަތުކުރެއެވެ. ނަމަވެސް ޒޫމާ ވަނީ މިތުހުމަތުތައް ދޮގުކޮށް އިންކާރުކުރައްވާފައެވެ.

ސައުތު އެފްރިކާގެ ސަރުކާރުން ބުނާ ގޮތުގައި އެޤައުމުގައި ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން އެގައުމުގެ އިޤުތިޞާދަށް 700 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.

ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން މަޤާމުން ޢަޒުލް ކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް ޒޫމާ މަޤާމުން އިސްތިޢުފާ ދެއްވާފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

ޒޫމާ އިސްތިޢުފާ ދެއްވީ، އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ވެރިކަމުން އިސްތިޢުފާ ދެއްވުމަށް ގޮވާލާ ،އެޤައުމުގެ ޢާންމު ރައްޔިތުންނާއި، އެމަނިކުފާނު ނިޞްބަތްވެވަޑައިގަންނަވާ އަމިއްލަ ޕާޓީ އިން ވެސް އެމަނިކުފާނަށް ފިއްތުންތައް ކުރިމަތިވެފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް