ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 15:57
ބަޅިނދުގެ ޕޯސްޓަރު
ބަޅިނދުގެ ޕޯސްޓަރު
ޑާކް ރެއިން އެންޓަރޓެއިންމަންޓް
ޑާކްރެއިން އެންޓަޓައިންމެންޓް
ބަޅިނދުގެ ޝޫޓިން މި މަހު 15 ގަ ފަށަނީ
 
ކުރިން ނިންމާފައި އޮތީ ދެ ފިލްމު އެއްކޮށް ޝޫޓް ކުރަން
 
މި ފިލްމަކީ ބިރުވެރި ފިލްމެއް
 
ގިނަ ކާސްޓުންތަކެއް ފެނިގެންދާނެ

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓައިންމެންޓް (ޑީއާރްއީ) ގެ ''ބަޅިނދު''ގެ ޝޫޓިން މި މަހުގެ 15 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިއްޖެ އެވެ.

ބަޅިނދު މި ފިލްމަކީ ބިރުވެރި ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމާއި ބެހޭ ގޮތުން ރާއްޖެ.އެމްވީއާ ވާހަކަ ދައްކަމުން ޑާކްރެއިންގެ ޕްރޮޑިއުސަރ މުހައްމަދު އަލީ (މޮގާ) ބުނީ، ކުރިން ނިންމާފައި އޮތީ ''ނޮވެންބަރ''އާ އެކު ބަޅިނދުގެ ޝޫޓިން ފެށުމަށް ކަމަށެވެ.

އެކަމަކު ދެ ފިލްމު އެއްކޮށް ޝޫޓް ކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވާތީވެ މި މަހުގެ 15 އަށް ފިލްމުގެ ޝޫޓިން ފަސްކޮށްފައިވާ ކަމަށެވެ. މޮގާ ބުނީ، އެ ފިލްމުގެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ހޫދް އިބްރާޙިމް ލިޔެ އަޙްމަދު ސިނާން ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ގިނަ ކާސްޓުންތަކެއް ހިމެނެއެވެ. ބަޅިނދު މި ފިލްމަކީ ޑާކްރެއިންގެ 14 ވަނަ ފިލްމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
20%
80%
0%
0%
0%
0%
ކޮމެންޓް