ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 08:58
މީރާ
މީރާ
މުހައްމަދު ޝަރުހާން
އާމްދަނީން ޓެކްސް ނެގުން
އާމްދަނީން ޓެކްސް ނަގަން ފަށައިފި
 
ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން
 
ޓެކްސް ނެގުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވާފައިވަނީ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު
 
ރާއްޖޭގައި އިންކަމް ޓެކްސް ދައްކަން ޖެހޭނީ 3،245 މީހުން

ރާއްޖޭގައި ފުރަތަމަ ފަހަރަށް އާމްދަނީން ޓެކްސް ނަގަން މިއަދު ފަށައިފިއެވެ.

ވިޔަފާރީގެ އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި އިންޓަރެސްޓާއި އިކުއިޓީ އާއި ޕެންޝަން އަދި ރިޓަޔަމަންޓް ފައިދާއިންނާއި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާދި ކަމިޝަނާއި ރޮޔަލްޓީން ޓެކްސް ނަގާނެއެވެ. މި ޓެކްސް ނެގުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތެއްގެ އަދި ރާއްޖޭގައި ވަޒަންވެރިވެފައި ނުވި ނަމަވެސް ރާއްޖެއިން ޢާމްދަނީ ލިބޭ ކޮންމެ ފަރާތެއް ހިމެނެއެވެ.

ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. މަހެއްގެ މައްޗަށް 60،000ރ. އަށް ވުރެ ބޮޑު، 100،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށް ވުރެ ބޮޑު، 150،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އަށް ޕަސެންޓެވެ. އަދި، 150،000ރ. އަށް ވުރެ ބޮޑު، 200،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓު ނަގާނެ އެވެ. އާމްދަނީ 200،000ރ. އަށް ވުރެ މަތި ނަމަ، ނަގާނީ 15 ޕަސެންޓެވެ. މުސާރަ އާއި ލިބޭ އިނާޔަތްތަކުން ޓެކްސް ނަގަން ފަށާނީ އަންނަ އޭޕްރީލް އެކަކުން ފެށިގެންނެވެ.

މިހާރު އޮތް ގޮތުން، ރާއްޖޭގައި އިންކަމް ޓެކްސް ދައްކަން ޖެހޭނީ 3،245 މީހުންނެވެ.

ޢާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ތަޞްދީޤު ކުރައްވާފައިވަނީ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
29%
0%
71%
0%
0%
ކޮމެންޓް
1 ޖެނުއަރީ 2020 | ބުދަ 09:14
ށަ ބް
3245 މީހުންގެ ލިސް ފެންނާނީ ކޮންތާކުން؟ މަގޭނަން އިންތޯ ބަލަން ވެއްޖެ.