ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 12:16
މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ މުހައްމަދު އަލާމަރް އާއި އޭނާގެ އަންހެނުން ސާރާ އަލްޖާސިމް
މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ މުހައްމަދު އަލާމަރް އާއި އޭނާގެ އަންހެނުން ސާރާ އަލްޖާސިމް
އެމްއެމްޕީއާރްސީ
މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ
މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔަކަށް ބަހްރެއިން މީހެއް
 
މުހައްމަދު އަލާމަރް ރާއްޖެ އައި އަންހެނުންނާއެކު ޗުއްޓީ ހޭދަކުރުމަށް
 
މަރުހަބާ ކިޔުމުގެ ހަފްލާ ފެށުނީ އެ ފަތުރުވެރިޔާގެ ޕާސްޕޯޓުގައި މޯލްޑިވްސް އިމިގްރޭޝަނުން ސްޓޭންޕް ޖެހުމާއެކު
 
ފްލައިޓް ޖައްސާފައިވަނީ ހެނދުނު 06:00 ޖެހިއިރު

2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބުދަ ދުވަހު އެމްއެމްޕީއާރްސީ އިން ހަފްލާއެއް ބާއްވައިފިއެވެ.

ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ހަފްލާ ފެށުނީ އެ ފަތުރުވެރިޔާގެ ޕާސްޕޯޓުގައި މޯލްޑިވްސް އިމިގްރޭޝަނުން ސްޓޭންޕް ޖެހުމާއެކުގައެވެ.

މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔަކަށް ރާއްޖެ އައިސްފައިވަނީ ބަހްރެއިން ފިރިހެނެކެވެ. މުހައްމަދު އަލާމަރް ނަމަކަށް ކިޔާ މި މީހާ ރާއްޖެ އައިސްފައިވަނީ އޭނާ އަންހެނުން ސާރާ އަލްޖާސިމްއާ އެކު ޗުއްޓީ ހޭދަކުރުމަށެވެ. މި ދެމަފިރިން ރާއްޖެ އައިސްފައިވަނީ ގަލްފް އެއަރގެ ފްލައިޓް GF144 އިންނެވެ. ފްލައިޓް ޖައްސާފައިވަނީ ހެނދުނު 06:00 ޖެހިއިރުއެވެ.

މި ފަތުރުވެރިޔާއަށް މަރުހަބާ ދަަންނަވާފައިވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް އިމިގްރޭޝަން، ގަލްފް އެއަރ، އުރީދޫ މޯލްޑިވްސްގެ އިތުރުން ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އިސްވެރިންނެވެ.

މުހައްމަދު އަލާމަރް ބުނީ ރާއްޖެ އައިރު މިކަހަލަ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށާއި މިއީ އޭނާއަށާއި އޭނާގެ އަންހެނުންނަށް ލިބުނު ވަރަށް ބޮޑު "ސަޕްރައިޒެއް" ކަމަށެވެ.

މި ފަތުރުވެރިޔާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެމްއެމްޕީއާރްސީ އިން ހަދިޔާގެ އިތުރުން ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު ވެރި އައިލެންޑް ރިސޯޓުގެ ފަރާތުން ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ވައުޗަރއެއް ދީފައެވެ. އަދި ގަލްފް އެއަރގެ ފަރާތުން ރާއްޖެއަށް ދެކޮޅު ޓިކެޓް ދީފައިވާއިރު އުރީދޫގެ ފަރާތުން ވެސް ވަނީ ހާއްސަ ހަދިޔާއެއް ދީފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިދިޔަ އަހަރު ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަަށެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ރާއްޖެއިން ވަނީ ފަތުރުވެރިން ގެންނަން ކަނޑައަޅި އަމާޒު 1.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވެފައިވަނީ ކަނޑައަޅި ތާރީހުގެ 38 ދުވަސްކުރިންނެވެ. މިދިޔަ އަަހަރު ނިމުނުއިރު ރާއްޖެއަށް 1.67 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީގެ ފަރާތުން ވަނީ މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން 130 އަށްވުރެ ގިނަ ހަރަކާތްތައް ހިންގާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް