ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 08:31
ރައީސް ސޯލިހު
ރައީސް ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
ދެން ކުރިމަތިލާނީ، ރައްޔިތުން ބާރުވެރި ކުރުމުގެ މުޅިން އައު މަރުހަލާއެއް: ރައީސް
 
އިޤްތިސާދީ ގޮތުންވެސް ރާއްޖެ ކަޑައްތުކުރީ، ފާގަތި އަދި ފުދުންތެރި ދުވަސްތަކެއް
 
ބައިނަލްއަޤްވާމީ މުޖުތަމައުގެ އިހްތިރާމާއި ގަދަރު ރާއްޖެއަށް ލިބުނު މިދިޔަ އަހަރު
 
އިޤްތިސާދީ ގޮތުންވެސް ރާއްޖެ ކަޑައްތުކުރީ، ފާގަތި އަދި ފުދުންތެރި ދުވަސްތަކެއް ކަމަށް ވިދާޅުވި

ރާއްޖޭގެ ހަޔާތުން މުޅިން އައު އަހަރަކާ މި ކުރިމަތިލަނީ، ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވުނު ވަރަށް ބޮޑެތި ބަދަލުތަކަކާ އެކުގައި, އެ ބަދަލުތަކުން ދެން ކުރިމަތިލާނީ، ރައްޔިތުން ބާރުވެރި ކުރުމުގެ މުޅިން އައު މަރުހަލާއެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ، 2019 ވަނަ އަހަރަކީ،اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއި ހެޔޮ ތައުފީގާއެކު، މުޅި ރާއްޖޭގައި ސުލްހަވެރިކަން ގާއިމުކުރެވުނު އަހަރެއް ކަމަށެވެ.

ރަައީސް ފޮނުއްވެވި ހިތާބުގައި ވިދާޅުވީ މިދިޔަ އަހަރަކީ ސިޔާސީ ދެބަސްވުންތަކާއި އަރައިރުންތަކުން ދުރަށްޖެހި، އާއިލީ އަދި އިޖުތިމާއީ ގުޅުންތަކުން، މުޖުތަމައުގައި އުފާވެރިކަން ފަތުރައިލަދިން އަހަރެއް ކަމަށެވެ. ބައިނަލްއަޤްވާމީ މުޖުތަމައުގެ އިހްތިރާމާއި ގަދަރު ރާއްޖެއަށް ލިބުނު އަހަރެއްގެ ގޮތުގައި ފާހަގަކުރައްވަމުން އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވީ، އިޤްތިސާދީ ގޮތުންވެސް ރާއްޖެ ކަޑައްތުކުރީ، ފާގަތި އަދި ފުދުންތެރި ދުވަސްތަކެއް ކަމަށެވެ.

އަޅުގަނޑުމެންނާ ދެން ބައްދަލުކުރާނީ، ރައްޔިތުން ބޭނުންވާ ގޮތަށް، މުޅި ރާއްޖެ ތަރައްޤީ ކުރުމުގެ މުޅިން އައު ފެށުމެކެވެ. ދިވެހިން ދެކެން ފަށާނީ، މުޖްތަމަޢުގައި އަންހެނުންނަށް ޙައްޤުވާ މަޤާމު ލިބިދީ، އަންހެނުން ބާރުވެރިވެގެންދާ، މާ އުފާވެރި ދުވަސްތަކެކެވެ.
އިބްރާހިމް މުހައްމަދު ސޯލިހު ~ ރައީސުލްޖުމްހޫރިއްޔާ ~

ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނާއި އެކު ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި، ރާއްޖެ ތަރައްގީ ކޮށްދިނުމަށް ރައްޔިތުން އެދުނު އެދުމާ އެއްގޮތަށް، އެކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު، ރައްޔިތުންގެ އަތްމައްޗަށް ދީ، މާލީ ގޮތުންނާއި އިދާރީ ގޮތުން، ކައުންސިލްތަކަށް ފުރިހަމަ މިނިވަންކަން ދެވިފައިވާ ކަމަށެވެ.

އެ ބަދަލުތަކައީ އެކު ތަރައްޤީގެ ރާސްތާގައި، މުޅި ދިވެހި އުންމަތް، ހަލުވި ފިޔަވަޅުތަކެއް އަޅަން ފެށުމަކީ، އެމަނިކުފާނުގެ ބޮޑު އުއްމީދެއް ކަމަށް ރައީސް ފާހަގަކުުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
0%
33%
33%
ކޮމެންޓް