ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 08:38
އިރާގު އެމްބަސީ ގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން
އިރާގު އެމްބަސީ ގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން
ފޭސްބުކް
އިރާގު
އިިރާގު މުޒާހަރާ: އެމެރިކާގެ ތުހުމަތުތައް އީރާނުން ދޮގުކޮށްފި
 
ހަމަލާ ދީފައިވަނީ ތައިބް ހިޒްބުއްﷲ އަށް
 
އެމްބަސީ އަށް ގެއްލުން ދީފައިވޭ
 
ހަމާލާގައި 25 މީހަކު މަރުވެފައިވޭ

އިރާގުގެ ވެރިރަށް ބަޢްދާދުގައި ހުންނަ އެމެރިކާ އެމްބަސީގައި ކުރަމުންދާ މުޒާހަރާތަކުުގައި އީރާނުގެ އަތެއްވާ ކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަ އެ ޤައުމުން ދޮގުކޮށްފިއެވެ.

ވެރި ރަށް ބަޢްދާދުގައި މައްސަލަ ހޫނުވެގެން އުޅެނީ އެމެރިކާއިން އިރާޤާއި ސީރިއާ އަށް ދިން ވައިގެ ޙަމަލާތަކެއްގައި 25 ހަނގުރާމަވެރިއަކު މަރުވުމާއި ގުޅިގެންނެވެ. އެއާއެކު އެމްބަސީ ސަރަހައްދުގައި ދަނީ މުޒާހަރާ ކުރަމުުންނެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އައްބާސް މޯސާވީ ވިދާޅުވީ، އެމެރިކާ މީހުން އިރާގު ތެރެއަށް ވަދެ މީހުން މަރާލުމަށްފަހު މުޒާހަރާ ކުރަން ފެށުމުން މިހާރު އެކަން އީރާން ބޮލަށް ޖަހަން މަސައްކަތް ކުރާ ކަމަށެވެ.

އީރާނުން އެހެން ބުނެފައި މިވަނީ އެމްބަސީގެ މައްސަލަ ގޯސް ކުރަން އީރާނުން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވާތީއެވެ.

އެމެރިކާގެ ސިފައިން އާދީއްތަ ދުވަހު ޙަމަލާދީފައިވަނީ އީރާނުން ތާޢީދުކުރާ ކަތައިބް ހިޒްބުއްﷲ އަށެވެ. އެމެރިކާއިން ބުނާގޮތުން މިޙަމަލާތައް ދިނީ މިދިޔަ ހަފުތާގަ އެ ގުރޫޕުން އިރާޤުގެ އަސްކަރީ މަރުކަޒަކަށް ދިން ރޮކެޓު ޙަމަލާއެއްގަ އެމެރިކާގެ ކޮންޓްރެކްޓަރެއް މަރުވުމާއި ގުޅިގެންނެވެ.

މުޒާހަރާ ކުރާ މީހުން ވަނީ ހަޝްދް އަލް ޝާބީ ގުރޫޕްގެ ދިދަ އުފުލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް