ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 08:44
ފިލްމު ރިލީޒް ކުރަނީ މާރޗް މަހު
ފިލްމު ރިލީޒް ކުރަނީ މާރޗް މަހު
ބޮލީވުޑް ހަންގާމާ
ސޫރިޔަވަންޝީ
ސޫރިޔަވަންޝީ ގައި ކެޓްރީނާ ފެނިގެންދަނީ ޑޮކްޓަރެއްގެ ރޯލުން؟
 
މި ފިލްމަކީ އެކްޝަން ފިލްމެއް
 
ޑައިރެކްޓަރަކީ ރޯހިތް ޝެޓީ
 
ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މާރޗް މަހު

އަކްޝޭ ކުމާރު ސިފައިންގެ މީހެއްގެ ރޯލުން ފެނިގެންދާ ''ސޫރަޔަވަންޝީ'' ފިލްމުގައި ކެޓްރީނާ ކައިފް ކުޅެން ހަމަޖެހިފައިވަނީ ޑޮކްޓަރުގެ ރޯލް ކަމަަށް ރިޕޯޓްތައް ބުނެފިއެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގައި ކުރީގެ ''ޓިޕްޓިޕް ބަރްސާގެ'' ރީކްރިއޭޓެއްވެސް ފެނިގެންދާނެއެވެ. އެ ލަވައިގައި ފެންނާނީ އަކްޝޭ އާއި ކެޓްރީނާ އެވެ.

ރޯހިތް ޝެޓީ ޑައިރެކްޓް ކުރާ މި ފިލްމަކީ އެކްޝަން ފިލްމެކެވެ. ފިލްމުގެ ފަސްޓް ލުކްގެ ޕޯސްޓަރު ޓްވިޓަރ ގައި ޝެއަރ ކޮށްފައިވަނީ ޓްރޭޑް އެނަލިސްޓް ތަރަން އަދާރާޝްއެވެ.

ޕޯސްޓަރުގައި ފެންނަނީ އަކްޝޭ ބަޑި ހިފައިގެން ހުންނަ މަންޒަރެވެ. ކުރިން މި ފިލްމްގެ ޝޫޓިންގް ފަށާގޮތަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ މާރޗް މަހުއެވެ. އެހެންނަމަވެސް ފިލްމުގެ ލީޑްރޯލް ކުޅޭނެ އަންހެން ތަރިއަކު ހަމަނުޖެހުމުން ޝޫޓިންތައް ފެށީ މިދިޔަ ޑިސެމްބަރު މަހުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމަށް ލަވަކިޔާދީފައިވަނީ ހިމޭޝް ރޭޝަމިއްޔާއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް