ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 22:36
ހައްޔަރު ކުރި މީހުންގެ ތެރޭގައި ސީރިޔާ މީހުން ހިމެނޭ
ހައްޔަރު ކުރި މީހުންގެ ތެރޭގައި ސީރިޔާ މީހުން ހިމެނޭ
އޭއެފްޕީ
އައިއެސް
އައިއެސްއާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި ތުރުކީގައި 147 މީހަކު ހައްޔަރުކޮށްފި
 
ތުރިކީން ދަނީ އައިއެސް ޖަމާއަތާއި ގުޅުން އޮންނަ މީހުުން ފޮނުވުމުގެ މަސައްކަތް ކުރަމުން
 
ތުރުކީގެ ޖަލުތަކުގައި 1200 މީހަކު އެބަތިބި
 
އިސްތަންބުލް އިން 24 މީހަކު ހައްޔަރު ކޮށްފައިވޭ

ޓެރަރިސްޓު ޖަމާޢަތެއް ކަމަށްވާ، އިސްލާމިކް ސްޓޭޓްގެ މެންބަރުން ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ތުރުކީން ހައްޔަރު ކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ހައްޔަރު ކުރި 147 މީހުންގެ ތެރޭގައި އިރާގާއި ސީރިޔާ މީހުން ހިމެނެއެެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ ތުރުކީގެ ނުވަ ޕްރޮވިންސަކުންނެވެ. އޭގެ ތެރޭގައި ހޯމަ ދުވަހު ވެރިރަށް އިސްތަންބޫލުން ހައްޔަރުކުރި 24 މީހުން ހިމެނެއެވެ.

ތުރުކީން ވަނީ މި މަހު ކުރީކޮޅު އައިއެސްއާ ގުޅުން އޮންނަ ފްރާންސްގެ 11 މީހަކު އެ ޤައުމުން ޑިޕޯޓުކޮށްލާފައެވެ.

ތުރުކީއަކީ ބޭރު ޤައުމުތަކުން ހަނގުރާމަތަކަށް އަންނަ މީހުން ތިބޭ ''ހޮޓަލެއް'' ނޫން ކަމަށް ބުނެ، އެ ޤައުމުން ވަނީ މިދިޔަ މަހު އައިއެސްއާ ގުޅުން އޮންނަ ތުރުކީއާ ސީރިޔާ ޖަލު ތަކުގައި ތިބި މީހުން އެމީހުންގެ އަމިއްލަ ވަޒަނަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައެވެ.

މިދިޔަ މަހު ތުރުކީން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ބުނާގޮތުން އެ ޤައުމުގެ ހައްޔަރުގައި 1،200 ވަރަކަށް އައިއެސްގެ ހަނގުރާމަވެރިން އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް