ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 20:48
ސިފައިންގެ މެޗުގެ ތެރެއިން
ސިފައިންގެ މެޗުގެ ތެރެއިން
މިހާރު
ގައުމީ ވޮލީ ލީގު
ސްޕޯޓްސް ކްލަބް ސިޓީ ބަލިކުރުމަށްފަހު ސިފައިން އެއްވަނައަށް
 
ޕޮލިހުން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރީވެސް ސީދާ ތިން ސެޓުން
 
ސިފައިން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުން

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ސްޕޯޓްސް ކްލަބް ސިޓީ ބަލިކުރުމަށްފަހު ދިވެހި ސިފައިންގެ ކްލަބުން ލީގުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގަ ކުޅުނު މި މެޗުން ސިޓީ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގެ އެންމެ ފޯމުގައި އޮތް ސިފައިންގެ އަތުން ލީގުގައި މިހާތަނަށް އެއްވެސް ސެޓެއް ގެއްލިފައެއް ނުވެއެވެ.

ސިފައިންގެ ޓީމުން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-12، 25-08 އަދި 25-16 އިންނެވެ. މި މެޗުގައި ސިފައިންގެ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކީ ގައުމީ ބީޗް ވޮލީ ޓީމުގެ ކުޅުންތެރިޔާ އާދަމް ނަސީމް (އެޑަމް) އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގަ ރޭކުޅުނު މެޗުގައި ޕޮލިސް އިން ނިކުތީ ކްލަބް ހޯކްސް އާއި ދެކޮޅަށެވެ.

އެންމެ ފަހުން ކުޅުނު މެޗުން ގުޑީސް އަތުން ބަލިވުމުން ޕޮލިހުން މި މެޗަށް ނިކުތީ އެބަލި ހަނދާން ނައްތައިލާ އަލުން އެނބުރި ފޯމަށް އެޅުމުގެ އަޒުމުގައެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ޕޮލިހުގެ ބިދޭސީ ކުޅުންތެރިޔާއާއި އެކު ކުޅުނު މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-7، 25-12 އަދި 25-4 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ އިތުބާރު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)އެވެ.

ގައުމީ ވޮލީ ބޯޅަ ލީގުގެ އެއްވަނައިގައި ސިފައިން އޮތީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ނުވަ ޕޮއިންޓާއެކުގައެވެ. ލީގުގެ ދެވަނައިގައި އޮތް ގުޑީސްއިން ހަތަރު މެޗު

ކުޅެފައިވާއިރު އެޓީމުން ވަނީ ތިން މެޗު ކާމިޔާބުކޮށްފައެވެ. އެޓީމު ބަލިވީ ހަމައެކަނި ސިފައިންގެ އަތުންނެވެ. ގުޑީސްއިން ލީގު ތާވަލުގެ ދެވަނައިގައި އޮތީ ނުވަ ޕޮއިންޓާއިއެކުގައެވެ. ލީގުގެ ތިންވަނައިގައި ޕޮލިހުން އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް