ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 18:24
މާލޭގެ ތޮށި މައްޗަށް ބަޔަކު ކުޑަކަމުދަނީ
މާލޭގެ ތޮށި މައްޗަށް ބަޔަކު ކުޑަކަމުދަނީ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މާލޭގެ މަލަމަތިން ހުތުރު މަންޒަރެއް!
 
މިކަން މިހާރުވަނީ އާންމު ކަމަކަށްވެފައި

މާލޭގެ މަލަމައްޗަކީ ޖުމްހޫރީ މައިދާން ހިމެނޭ ޞަރަޙައްދު، އިއްޒުއްދީން ފާލަން ހުންނަތަނެވެ. ގިނަ ފަތުރުވެރިން މާލެއަށް ފައިބަނީ އެ ޞަރަޙައްދަށެވެ. މާލެ އަންނަ ފަތުރުވެރިން އެ ޞަރަޙައްދުގެ ކަނޑިންމައިން ވަންނަ ހިސާބުން، ފަތުރުވެރިންގެ މޫނުމައްޗަށް ފެންނަނީ ހުތުރު މަންޒަރެކެވެ. ބަލާލަން ނުކެރޭ މަންޒަރެކެވެ. ކޮޅަށް ތިބެ، ތޮށި މަތީގައި ކުޑަކަމުދާ މަންޒަރެވެ.

މިއީ ކުރިން މަދުން ފެންނަ މަންޒަރަކަށް ވިޔަސް، މިހާރު މި ހުތުރު ޢަމަލު ޢާންމުވެ، މާލޭގެ މަލަމައްޗަށް ހުތުރު ލައްގަނޑަކަށް ވަނީ ވެފަ އެވެ. މިއީ މިކަމުގެ ސަބަބުން ޓޫރިސްޓުން ރާއްޖެއާ މެދު ދެކޭގޮތް ބަދަލުވެ، ދިވެހި ދިރިއުޅުމުގެ ވައްޓަފާޅީގައި ރިވެތި ސިފަ ގެއްލިގެންދާނެ ކަމެކެވެ. މިފަދަ މަންޒަރުތަކަކީ ރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމުން ތިބޭ ޤައުމަކުން ފެނިގެން ނުވާނެ މަންޒަރަކަށްވިޔަސް މިކަން މިހާރު ވަނީ ބޮއްސުންލައިފަ އެވެ.

މާލޭ ތޮށިމަތީގައި މީހަކު ކުޑަކަމުދަނީ ފޮޓޯ: ރާއްޖެ.އެމްވީ

މި ޢަމަލު ދިވެހިންގެ ފަރާތުން ފެންނައިރު އެންމެ ގިނައިން ފެންނަނީ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ފަރާތުންނެވެ. ލޯކަލް މާރުކޭޓާ ދިމާލާށް އޮންނަ ތޮއްޓާ ދިމާލަށް ނަޒަރު ހިންގާލީމަ މި މަންޒަރު ވަރަށް ސާފުކޮށް ފެންނާނެއެވެ. ކުރާ ކަމަކީ ސަފު ހަދައިގެން ކުޑަ ކަމުދިޔުމެވެ. ލަދުގެ ކަންފުޅެއްވެސް އެމީހުންގެ ނުހުރެއެވެ.

ގޮޅިތަކުގައި މަސައްކަތްކުރާ މީހުން ކުޑަކަމު ދިޔުމަށްފަހު އެނބުރި ގޮސް ޚިދުމަތް ދެނީ އަތްވެސް ނުދޮވެއެވެ. މިހާ ހާމަތަނެއްގައި ބަޔަކު ކުޑަކަމުދާން މި ޖެހެނީ ކީއްވެތޯ އެއީ ކޮންމެ މީހެއްގެ ހިތުގަވެސް އުފެދޭނެ ސުވާލެކެވެ. އެހެން ދިމާވާން ޖެހުނު ސަބަބުތައްވެސް މަދެއް ނޫނެވެ. ތޮއްޖެހިފައިވާ މާލޭގަ ޕޭއި ޓޮއިލެޓްތައް ޤާއިމުކޮށްފައިވާ މިންވަރު މަދެވެ. މާލޭގެ އާބާދީ އަށް ބަލާއިރުވެސް މި ޢަދަދު މަދެވެ. ޕޭއި ޓޮއިލެޓްތައް ހުރުމަކުން އެކަނި ފަރުޖައްސައެއް ނުލެވޭނެ އެވެ. ގިނަ ޕޭއި ޓޮއިލެޓް ތަކަކީ މުޑުދާރު ކަމުން އެތަންތަނަށް ވަންނަން ނުކެރޭ ވަރަށް ހަޑިތަންތަނެވެ. ބަލަހައްޓަން މީހުންވެސް ލާފައި ތިބެއެވެ. އެހެންނަމަވެސް އެތަނުގެ ސާފުތާހިރުކަން ކުޑަ އެވެ. މީހަކަށް ނޯއް ދަމާލަން ނުކުރޭ ވަރަށް ވަސް ހުންނަނީ މުޅި ޕޭޓޮއިލެޓްގަ ވަސް ހިއްޕާލާފައެވެ.

އެހެންވެ ގިނަ މީހުންނަށް ޕޭއި ޓޮއިލެޓް ބޭނުން ކުރުމަށްވުރެ ތޮށި މައްޗަށް ކުޑަ ކަމުދިޔުން މާ ރަނގަޅުކަމަށް ދެކެވެ. މި ހިސާބަށް މިކަން ގޮސްފައި އޮތީ ބަލަން އެކަށީގެންވާ ވަރަށް މިކަން ނުބެލިގެންނެވެ. ކުޑަކޮށްވެސް މިތަންތަން މޮނިޓަރ ކުރެވޭނަމަ މި ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓޭނެކަން ޔަޤީނެވެ.

ޓޫރިޒަމް އެމްޕޮލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ އިސް ބޭފުޅަކު ވިދާޅުވީ، ތޮށިމައްޗަށް ކުޑަކަމުދާ މަންޒަރަކީ ޢާންމުކޮށް ފެންނަ މަންޒަރެއް ކަމަށެވެ. އޭނާގެ ނަޒަރުގައި އެހެން ދިމާވަނީ ރަނގަޅު ފާޚާނާ ނިޒާމެއް ޤާއިމުކުރެވިފައި ނެތުމުންނެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު ވިދާޅުވީ، ފާޚާނަތަކުގެ ސާފުތާހިރުކަން ކުޑަވަނީ އެތަން ބޭނުންކުރާ މީހުންގެ ގައިގައި އެއްވެސް ކަހަލަ ރިވެތި ސިފައެއް އަށަގަނެފައި ނެތުމުން ކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ކަންތައްތައް ރަނގަޅު ކުރެވޭނީ ހޭލުންތެރި ކުރުމުގެ ޕްރޮގުރާމު ހިންގިގެން ކަމަށެވެ. ޝަމާއު ވިދާޅުވީ، ކައުންސިލަށް ބާރު ލިބުނުތަނާއެކު އެކަންތައްތައް ޙައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭގެ ނަތިޖާ ފެނިގެންދާނެ ކަމަށެވެ.

ޝަމާއު އެ ވިދާޅުވާ ގޮތަށް މިހާރު މިވަނީ ދިވެހިންގެ އިޖުތިމާޢީ ފޭރާން ހަޑިވެފައެވެ. ރީތި ގޮތްގޮތްތަކަށް ޢަމަލު ބަހައްޓަމުން އައި ދިވެހިންގެ ފަރާތުން މިފަދަ ހަޑި މަންޒަރުތައް ފެންނަން ފެށުމަކީ ހިތާމަހުރި ކަމެކެވެ. ރާއްޖެފަދަ ޓޫރިޒަމަށް ބަރޯސާވެ، ތަހުޒީބު ބަޔަކު ދިރިއުޅޭ ޤައުމަކުން އިންޑިއާގެ މަގުމަތިން ފެންނަ މަންޒަރުތައް ފެނިގެން ނުވާނެއެވެ. މިއީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫނެވެ. މިކަން މިހާރުން މިހާރަށްވެސް ހުއްޓުވަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
2%
2%
8%
67%
17%
5%
ކޮމެންޓް
3 ޖެނުއަރީ 2020 | ހުކުރު 18:30
ސުންބުލި
ޢަދިކިރިޔަަ ތިއެނގުނީ ބަލަމޮނިވަންކަމޭ ގޮވަމުން ދުވަނީ ތިމީހުން ވިއްޔަ .
31 ޑިސެންބަރ 2019 | އަންގާރަ 21:31
ޙިޔާލު
ފޫކޮޅުގަސްޓިކަރޖަހާ