ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 16:43
ނިސާންގެ ކުރީގެ ޗެއަރމަން ކަރލޯސް ގޯން
ނިސާންގެ ކުރީގެ ޗެއަރމަން ކަރލޯސް ގޯން
މުހައްމަދު ޝަރުހާން
ކަރލޯސް ގޯން
ކަފާލާތުގެ ދަށުން މިނިވަންކޮށްފައިހުރި ކުރީގެ ނިސާންގެ ޗެއަރމަން ޖަޕާނުން ފިލައިފި
 
ގޯންގެ މައްޗަށް ކުރެވިފައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް
 
އޭނާގެ އަތުގައި ބްރެޒިލް އާއި ލުބްނާންގެ ރަށްވެހިކަން އޮވޭ
 
ގޯން ފިލައިގެން ދިޔައީ ލުބްނާނަށް

ޖަޕާނުގެ ޝަރުއީ ނިޒާމް އޮތީ އޭނާގެ މައްޗަށް މައްސަލަ ސާބިތުވާގޮތަށް "ރޭވިފައި" ކަމަށް ބުނެ، ނިސާންގެ ކުރީގެ ސީއީއޯ ކަރލޯސް ގޯން ޖަޕާނުން ފިލައިފިއެވެ.

ކަފާލާތުގެ ދަށުން ގޯން މިނިވަންކޮށްފަވަނީ މިއަހަރުގެ މާރޗު މަހުގެ ތެރޭގައެވެ. ކޮރަޕްޝަނުގެ ތުހުމަތުތަކެއްގައި އޭނާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. ފަހުންވެސް އޭނާ ހައްޔަރުކޮށް، ދުވަސްތަކެއް ޖަލުގައި ހުންނަން ޖެހުނެވެ.

ބްރެޒިލް އާއި ލުބްނާނުގެ ރަށްވެހިކަން އޮންނަ ގޯން، ފިލައިގެން ދިޔައީ ލުބްނާނަށެވެ. އޭނާ ޖަޕާނުން ފިލައިގެން ދިޔަ ގޮތެއް އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، އޭނާގެ ވަކީލަށް މިކަމާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެމީހުންނަށް ލިބިފައިވާ ނުވާކަމަށް ބުނެފައެވެ. އަދި އޭނާ ފިލައިގެން ދިޔުމުން ކަންބޮޑުވާ ކަމަށްވެސް ވަކީލު ޖުނިޗީރޯ ހިރޮނާކާ ބުނެފައިވެއެވެ.

ފިލައިގެން ދިޔުމަށް ފަހު ޢާންމުކުރި ބަޔާނުގައި ގޯން ބުނީ، އޭނާ ފިލައިގެން ދިޔައީ ޝަރީޢަތުން ރެކެން ނޫން ކަމަށާއި، އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސިޔާސީ ދައުވާތަކާއި ޝަރީޢަތެއް ހިންގަން އުޅެނީ ނުހައްޤުން ކަމަށެވެ.

އޭނާ ފިލާފާނެ ކަމަށް ބެލެވޭތީ، ދައުލަތުގެ ފަރާތުން އޭނާ ބަންދުގައި ބަހައްޓަން އެދުމުން، އެމައްސަލަވަނީ ކޯޓުން ބޭރުކޮށްލާފައެވެ. އަދި މިދުވަސްވަރަކީ ޖަޕާނު ސަރުކާރު ބަންދު ދުވަސްވަރަކަށް ވުމުން، ބޭރުގެ މީޑިއާތަކަށްވެސް ވަނީ ސަރުކާރުގެ ނުވަތަ ކޯޓުގެ ބަހެއް ލިބޭގޮތެއް ނުވެފައެވެ.

ގޯންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި އޭނާގެ ހިއްސާ އޮންނަ ކާރު ވިއްކާ ކުންފުންޏަކަށް، ނިސާންގެ ފަސް މިލިއަން ޑޮލަރު ފޮނުވުން ހިމެނެއެވެ. އޭނާގެ ކުށެއް ނެތްކަމަށް ތަކުރާރުކޮށް ގޯން ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު