ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 09:12
އިންޑިއާގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން
އިންޑިއާގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން
އަލްޖަޒީރާ
އިންޑިއާ
އިންޑިއާގައި މުޒާހަރާ ކުރާ މީހުންނަށް ފުލުހުން އަނިޔާކުރާ މައްސަލަ ބޮޑުވެފައި
 
މިއީ މުސްލިމުންނަށް އަމާޒުކޮށްގެން އިންޑިއާއިން ފާސްކުރި ބިލެއް ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުން
 
އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައި
 
ހުއްޓުމެއް ނެތި ކުރަމުންދާ މުޒާހަރާތަކާއިގުޅިގެން މިހާތަނަށް 27 މީހަކު ވަނީ މަރުވެފަ

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް މުޒާހަރާކުރަމުންދާ އާންމުންނަށް ފުލުހުން ނުކުމެ އަނިޔާކުރާތީ އެކަމާ ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.

ވެރިކަން ކުރާ ބީޖޭޕީގެ ބާރާއެކު މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ބިލާއެކު އިންޑިއާގައި އަންނަނީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންނެވެ. މުޒާހާރަތައް އިންޑިއާގެ ބޮޑެތި ސިޓީތަކަށް ފެތުރިފައިވާ އިރު، ފުލުހުން އަންނަނީ މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމުގެ ބަދަލުގައި، މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކުރާކަމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ތުހުމަތު ކުރަމުންނެވެ. ފުލުހުން އަނިޔާ ކުރިކަމަށް ބުނެ އަޑު އުފުލުމުގެ ގޮތުން މުޒާހަރާ ކޮށްފައިވާ އިރު، މުޒާހަރާގެ ބައިވެރިން ވަނީ އަނިޔާލިބިފައި ހުރި ތަންތަނުގައި ބެންޑޭޖް އަޅައިގެން ނުކުމެ އެތަންތަން ދައްކާފައެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ހުއްޓުމެއް ނެތި ކުރަމުންދާ މުޒާހަރާތަކާއިގުޅިގެން މިހާތަނަށް 27 މީހަކު ވަނީ މަރުވެފައެވެ. އަދި އެތައްހަސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ބިލުގައި މުސްލިމުންނަށް ވަކި ގޮތެއް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެހެން ދީންތަކުގެ މީހުންނަށް މި ބިލުގެ ދަށުން އެއްވެސް ކަހަލަ މައްސަލައެއް ދިމާ ނުވާނެއެވެ. މިއީ މުސްލިމުންނަށް އަމާޒުކޮށްގެން އިންޑިއާގެ ސަރުކާރުން ފާސްކުރި ބިލެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް
31 ޑިސެންބަރ 2019 | އަންގާރަ 11:52
ހުސޭނުބެ
އެއީ ސަރުކާރުން ކުރުވާ ނުބައި އަނިޔާވެރި އަމަލެއް