ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 00:48
ގުޑްނިއުޒްގެ ތަރިން
ގުޑްނިއުޒްގެ ތަރިން
ހިންދުސްތާނީ ޓައިމްސް
ގުޑް ނިއުޒް
ގުޑް ނިއުޒް އަށް 64 ކްރޯޑްގެ އާމްދަނީއެއް
 
ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ރާޖް މެހްތާ
 
މި އަހަރު ނެރުނު އަކްޝޭގެ ފިލްމުތަކުގެ ފަރަގު ހިއްސާކޮށްފައިވޭ
 
ފިލްމަށް ހަފްތާއެއްގެ ތެރޭގައި 100 ކްރޯޑް ލިބޭނެ: ތަރަން

ނިމިގެން ދިޔަ ހަފުތާގެ ހުކުރު ދުވަހު ނެރުނު އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރުގެ ''ގުޑް ނިއުޒް'' އަށް 64.99 ކްރޯޑް ރުޕީސްގެ ޢާމްދަނީއެއް ލިބިއްޖެއެވެ.

ލަވަކިޔުންތެރިޔާ ދިލްޖީތް ދޮސަން އާއި ކިޔާރަ އަދްވާނީ މުހިއްމު ރޯލުން ފެނިގެންދާ މި ފިލްމަށް އާދިއްތަ ދުވަހު 25.65 ކްރޯޑް ރުޕީސްގެ ޢާމްދަނީއެއްް ލިބިފައިވެއެވެ.

ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓް ތަރަން އަދާރާޝް ބުނީ، ހޯމަ ދުވަހު ފިލްމަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. ތަރަން ލަފާކުރާ ގޮތުން ހަފުތާއެއް ނިމުމުގެ ކުރިން ގުޑް ނިއުޒް އަށް 100 ކްރޯޑް ރުޕީސްގެ ޢާމްދަނީ އެއް ލިބޭނެއެވެ.

ތަރަން ކުރި ޓްވީޓެއްގައި އޭނާވަނީ ''ގުޑް ނިއުޒް'' އާއި މި އަހަރު ނެރުނު އަކްޝޭގެ އެހެން ފިލްމުތަކަށް ލިބުނު ޢާމްދަނީގެ ފަރަޤު ހިއްސާކޮށްފައެވެ.

އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އަކްޝޭގެ މިޝަން މަންގަލް އެވެ. މިޝަން މަންގަލް ރިލީޒް ކުރި ފުރަތަމަ ހަފުތާގައި 97.56 ކްރޯޑް ޢާމްދަނީއެއް ލިބިފައިވެއެވެ. ދެވަނަ އަަށް އެންމެ ގިނަ ޢާމްދަނީއެއް ލިބުނު ކޭސަރި އަށް ލިބިފައިވަނީ 78.07 ކްރޯޑް ރުޕީސްއެވެ. ތިންވަނަ އަށް އެންމެ ގިނަ ޢާމްދަނީ އެއް ލިބިފައިވާ ފިލްމަކަށް ހައުސް ފުލް 4 ވެފައިވާއިރު، ހަތަރު ވަނާގައި އޮތީ ގުޑް ނިއުޒް އެވެ.

ހެއްވާ މަޖާ ފިލްމު ގުޑް ނިއުޒް ޑައިރެކްޓް ކޮށްފައިވަނީ ރާޖް މެހެތާއެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ހިރޫ ޔާޝް ޖޯހަރް، އަރުން ބާޓިޔާ، ކަރަން ޖޯހަރު، އަޕްރޫވާ މެހެތާ، ޝަޝަންކް ހައިތަންގެ އިތުރުން އަކްޝޭ ކުމާރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް