ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 18:49
ޝިލްޕާ ޝެޓީ ފިރިމީހާ  ރާޖް ކުންދްރާ އާއެކުގައި
ޝިލްޕާ ޝެޓީ ފިރިމީހާ ރާޖް ކުންދްރާ އާއެކުގައި
ހިންދުސްތާނީ ޓައިމްސް
ޝިލްޕާ
ޝިލްޕާގެ ފުރަތަމަ ޓިކްޓޮކް ފިރިމީހާއާ އެއްކޮށް
 
ނިކަންމާ ކިޔާ ފިލްމަކުން ޝިލްޕާ ވަރަށް އަވަހަށް ފެނިގެންދާނެ
 
އެތައް ބަޔަކު ޝިލްޕާއަށް ތައުރީފުކޮށް ވީޑިއޯއަށް ކޮމެންޓްކޮށްފައިވޭ
 
ދެ ވީޑިއޯ އަށް ޖުމްލަ 3 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައިވޭ

މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީ އައު އަހަރާ ދިމާކޮށް މަޤުބޫލު އެޕްލިކޭޝަނެއް ކަމަށްވާ ޓިކްޓޮކްއާ ގުޅެން ނިންމިކަން ހާމަކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އަދި އޭނާގެ ވީޑިއޯއަށް އިންތިޒާރުކުރުމަށް ޝިލްޕާ އެދުނެވެ.

ޝިލްޕާ ވަނީ އޭނަގެ ފުރަތަމަ ވީޑިއޯ ޓިކްޓޮކް އެކައުންޓުގައި ހިއްސާކޮށްފައެވެ. މި ވީޑިއޯ އިން ޝިލްޕާ ފެނިގެންދަނީ ފިރިމީހާ ރާޖް ކުންދްރާ އާއެކުގައެވެ. ޝިލްޕާ ފިިރިމީހާއާ އެއްކޮށް އެކްޓުކޮށްފައިވަނީ ކުރީގެ ހިންދީ ލަވައެއްކަމަށްވާ "ދުނިޔާ މާންގޭ އަޕްނި މުރާދޭ މޭތޯ މާންގޫ ސާޖަން" މި ލަވައަށެވެ. ޝިލްޕާ ވަނީ މި ލަވައިގެ ދެ ވީޑިއޯއެއް ޓިކްޓޮކް އެކައުންޓަށް އަޕްލޯޑްކޮށްފައެވެ. ފުރަތަމަ ވީޑިއޯ އިން ޝިލްޕާ ފެނިގެންދަނީ ވަރަށް ލޯބިން ރާޖްއާއެކު އުޅޭތަނެވެ. އަދި ދެވަނަ ވީޑިއޯގައި ފެންނަނީ ހެއްވާ މަޖާގޮތަކަށް މި ލަވައަށް އެ ދެމަފިރިން އެކްޓުކޮށްފައިވާ ތަނެވެ. މި ދެ ވީޑިއޯ އަށް ޖުމުލަ 3 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު އެތައް ބަޔަކު ޝިލްޕާއަށް ތައުރީފުކޮށް ވީޑިއޯއަށް ކޮމެންޓްކޮށްފައިވެއެވެ.

ޝިލްޕާ ޝެޓީގެ ކައިވެންޏަށް ނުވަ އަހަރު ފުރުން ފިރިމިހާ އާއެކު ދާދިފަހުން ރާއްޖޭގައި ފާހަގަކޮށްފައެވެ. އެ ދެމީހުން އެނިވާސަރީ ފާހަގަކޮށްފައިވަނީ ކަނުހުރާ މޯލްޑިވްސް ރިސޯޓުގައެވެ. ވިޔަފާރިވެރިޔާ ރާޖް ކުންދުރާ އާއި ޝިލްޕާ ކައިވެނި ކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. އަދި އެ ދެމީހުންނަށް ވަނީ 2012 ވަނަ އަހަރު ފިރިހެން ދަރިއަކު ލިބިފައެވެ. އެ ދަރިފުޅަށް ދީފައިވާ ނަމަކީ ވިއާންއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގަ ޓިކްޓޮކްގެ އެހީގައި އެކި މީހުންގެ ހުނަރުތައް ހިއްސާ ކުރަމުންދާއިރު، ޝިލްޕާމެން ފަދަ މަޝްހޫރު ފަންނާނުން މިއެޕްލިކޭޝަނާއި ގުޅެން ނިންމުމަކީ ޓިކްޓޮކްއަށާއި، އަދި ޓިކްޓޮކްގައި ހުނަރުތައް ދައްކަމުންދާ ފަންނާނުންނަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ބައެއް ޢާންމުންދަނީ ބުނެއެވެ.

ގިނަބައެއްގެ ލޯބި ހޯދައިފައިވާ ޝިލްޕާ ވަނީ 13 އަހަރު ދުވަސް ވަންދެން ބޮލީވުޑްއާ ދުރުގައި އުޅުމަށްފަހު ނިކަންމާ ކިޔާ ފިލްމަކުން ވަރަށް އަވަހަށް ފެނިގެންދާނެކަން ހާމަކޮށްފައެވެ. ޝިލްޕާ ދާދިފަހުން ވަނީ ޑާންސް ރިއަލިޓީ ޝޯ "ސުޕަރ ޑާންސް ޗެޕްޓަރ 3" ގެ ފަނޑިޔާރުކަން ކޮށްފައެވެ.

ޝިލްޕާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2007 ވަނަ އަހަރު ރިލީޒް ކުރި ފިލްމް " އަޕްނޭ" އިންނެވެ. މި ފިލްމުގައި ޝިލްޕާ އާއެކު ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ދަރްމެންދްރާއާއި، ސަނީ ޑިއޯލްއާއި، ބޮބީ ޑިއޯލްގެ އިތުރުން ކެޓްރީނާ ކައިފް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
40%
0%
0%
0%
60%
0%
ކޮމެންޓް