ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 22:08
ގުލް މަކާއީ ފިލްމުގެ މަންޒަރެއް
ގުލް މަކާއީ ފިލްމުގެ މަންޒަރެއް
އިންޑިއަން އެކްސްޕްރެސް
ގުލް މަކާއީ
ގުލް މަކާއީ ފިލްމު ޖެނުއަރީ 31 ގައި ރިލީޒްކުރަނީ
 
ބަތަލާ އަކީ ބަތަލާ ރީމް ޝެއިހް
 
މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަމްޖަދު ޚާން
 
ޕާކިސްތާނުގެ އެކްޓިވިސްޓް މަލާލާ ޔޫސަފްޒާއީގެ ވާހަކަ މި ފިލްމުން ފެނިގެންދާނެ

ޕާކިސްތާނުގެ އެކްޓިވިސްޓް މަލާލާ ޔޫސަފްޒާއީގެ ވާހަކަ ކިޔައިދޭ "ގުލް މަކާއީ" ފިލްމު އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރިލީޒް ކުރަން ނިންމައިފިއެވެ.

މި ފިލްމުން މަލާލާގެ ހަޔާތުގެ ވަރަށް ގިނަ ޞަފުޙާތަކެއް ގެނެސްދިނުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި އަންހެން ކުދިންނަށް ތަޢުލީމަށް ހޯދައިދޭން ކުރި މަސައްކަތްތަކާއި އެކަމާ ގުޅިގެން ޠާލިބާންގެ ހަރުކަށި ބަޔަކު މަލާލާގެ ބޮލަށް ދިން ނުރައްކާތެރި ޙަމަލާ އާއި ފުރާނަ ސަލާމަތްކުރަން އިނގިރޭސި ވިލާތުގައި ކުރި ހަނގުރާމައާއި، އޭގެ ފަހުން ދިރިއުޅުމަށް އައި ބޮޑު ބަދަލު ފިލްމުގައި ދައްކުވައި ދޭނެއެވެ.

ފިލްމުގައި މަލާލާގެ ރޯލް ކުޅެފައި ވަނީ ޒީ ޓީވީން ދައްކާ ސިލްސިލާ "ތުޖުސެ ހެ ރާބްތާ" ގެ ބަޠަލާ ރީމް ޝައިޚެވެ.

ބަސްވާތީ ޗަކްރަބަތީގެ ސްކްރީން ޕްލޭއި އަކަށް އުފައްދާފައިވާ މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ޔުނައިޓެޑް ނޭޝަންސްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރާ އަމްޖަދު ޚާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް