ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 18:48
ޓީއެމްއޭގެ ބޯޓެއް
ޓީއެމްއޭގެ ބޯޓެއް
ޓީއެމްއޭ
ޓީއެމްއޭ
ޓީއެމްއޭގެ ފްލީޓަށް އިތުރު ދެ ބޯޓު
 
އަލަށް ހުޅުވާ އިތުރު ރިސޯޓްތަކަށް ހިދުމަތް ފުޅާކުރުމަކީ ވެސް އަމާޒެއް
 
މި ދެ ބޯޓާއެކު އެ އެއަރލައިނުގެ ފްލީޓު ވަނީ 55 އަށް އަރާފައި
 
ދެ ބޯޓު ގެނެސްފައިވަނީ ހުކުރު ދުވަހު

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު, ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) ގެ ފްލީޓަށް އިތުރު ދެ ބޯޓު ގެނެސްފިއެވެ.

މިކަން އިޢުލާންކޮށް ޓީއެމްއޭއިން ކުރި ޓުވީޓެއްގައިވާ ގޮތުންނަމަ، ހުކުރު ދުވަހުގެރޭ ރާއްޖެ ގެނައި މި ދެ ބޯޓާއެކު އެ އެއަރލައިނުގެ ފްލީޓު ވަނީ 55 އަށް އަރާފައެވެ.

ޓީއެމްއޭއިން ބުނީ އެ އެއަރލައިންގެ ފްލީޓަށް ބޯޓު އިތުރުކުރުމުގެ މައިގަނޑު ވިސްނުމަކީ، ކަސްޓަމަރުންނަށް މިހާރަށް ވުރެ ލުއި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ. އަދި އަލަށް ހުޅުވާ އިތުރު ރިސޯޓުތަކަށް ޚިދުމަތް ފުޅާކުރުމަކީ ވެސް ޢަމާޒެއް ކަމަށް ވެސް ޓީއެމްއޭ އިން ބުނެއެވެ.

ޓީއެމްއޭ އިން ވަނީ މިދިޔަ ސެޕްޓެންބަރު މަހު ވެސް ސީޕްލޭނެއް ގެނެސްފައެވެ. ޓީއެމްއޭ އިން ބުނީ ހުކުރު ދުވަހުގެ ރޭ ދެ ބޯޓު ގެނެސްފައިވާއިރު މިއީ އެ ކުންފުނީގެ ފްލީޓަށް ދެ ބޯޓު އެއްފަހަރާ ގެނައި ފުރަތަމަ ފަހަރު ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓީއެމްއޭއިން ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. އެ ކުންފުންޏަށް އަލަށް ގެންނަ ބޯޓުތަކުގެ ސަބަބުން ކަސްޓަމަރުންނަށް މިހާރަށް ވުރެ ފަސޭހަ ޚިދުމަތެއް ދެވި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް