ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 23:15
އަފްޣާނިސްތާން
އަފްޣާނިސްތާން
އަލްޖަޒީރާ
އަފްޣާނިސްތާން
ތާލިބާނުން ދިން ހަމަލާތަކެއްގައި އަފްޣާނިސްތާން ސިފައިންގެ 10 އޮފިސަރުން މަރުވެއްޖެ
 
މިފަހަކަށް އައިސް ތާލިބާނުން ދޭ ހަމަލާތައް ވަނީ އިތުރުވެފައި
 
ތާލިބާނުންގެ ސްޕޯކްސްމަން ޒަބީހުﷲ މުޖާހިދު ވަނީ މިހަމަލާތަކުގެ ޒިންމާ ތާލިބާނުން ނަގާކަމަށް ބުނެފައި

އަފްޣާނިސްތާނުގެ ދެކުނު ހެލްމާންދު ޕްރޮވިންސްގައި ޠާލިބާނުން ދިން ޙަމަލާތަކުގައި އަފްޣާނިސްތާން ސިފައިންގެ 10 މީހަކު މަރުވެފައިވާކަމަށް ސިފައިންގެ އޮފިޝަލަކު ބުނެފި އެވެ.

ސެންގިން އަވަށުގައި ޠާލިބާނުން ބިންގަރާހެއް ކޮނެ އެތަން ގޮއްވާލައިގެން މި ޙަމަލާދިން ވަގުތު އެ ޞަރަޙައްދުގަ 18 ސިފައިން ތިބި ކަމަށް އޮފިޝަލް ބުންޏެވެ. މިޙަމަލާގައި ސިފައިންގެ ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު ހަތަރު މީހަކު ވަނީ ޠާލިބާނުންނާ ދެކޮޅަށް ޙަމަލާތައް ދީފައިކަމަށް އޮފިޝަލް އޭއެފްޕީއަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

ޠާލިބާނުންގެ ސްޕޯކްސްމަން ޒަބީޙުﷲ މުޖާހިދު ވަނީ މިޙަމަލާތަކުގެ ޒިންމާ ޠާލިބާނުން ނަގާކަމަށް ބުނެފައެވެ. މިފަހަކަށް އައިސް ޠާލިބާނުން ދޭ ޙަމަލާތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން އަފްޣާނިސްތާން ސިފައިން ތިބޭ ތަންތަނާއި ޗެކްޕޮއިންޓުތަކުގައި ޙަމަލާތައް އަންނަނީ ދެމުންނެވެ.

ބުރާސްފަތި ދުވަހު ޠާލިބާނުން ދިން ޖާނުގޮއްވާ ލުމުގެ ޙަމަލާއެއްގަ އަފްޣާނިސްތާން ސިފައިންގެ ހަ މީހަކު ވަނީ މަރުވެފައެވެ. އަންގާރަ ދުވަހު ޗެކްޕޮއިންޓެއްގައި ދިން ޙަމަލާއެއްގަ އަފްޣާން ސިފައިންގެ ހަތް މީހަކު ވަނީ މަރުވެފައެވެ. ހޯމަ ދުވަހު އުތުރު ކުންދޫޒް ޕްރޮވިންސްގައި ދިން ޙަމަލާއެއްގައި އެމެރިކާ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. އަފްޣާނިސްތާން ސިފައިންނާއި އެމެރިކާ ސިފައިންނަށް ޢަމާޒުކޮށް މިފަހަކަށް އައިސް ދެމުންދާ ޙަމަލާތަކުގެ ފަހަތުގައިވަނީ ޠާލިބާނުންކަމަށް އެމީހުން ވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގައި ޠާލިބާނުން ދޭ ޙަމަލާތައް އިތުރުވަމުންދާއިރު އެޤައުމުން އެމެރިކާ ސިފައިން ފޭބުމާމެދު ޠާލިބާނުންނާއި އެމެރިކާ އާ ދެމެދު އަންނަނީ މަޝްވަރާކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް