ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 13:40
އިންޑިއާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން
އިންޑިއާގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން
އަލްޖަޒީރާ
އިންޑިއާ މުޒާހަރާ
އިންޓަރނެޓް ކަނޑާލުމުން މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކަށް ބޮޑު ގެއްލުމެއް!
 
އިންޑިއާ ރައްޔިތުން ކޮންމެ މަހަކު 9.8 ގިގަބައިޓްގެ ޑާޓާ ބޭނުންކުރޭ
 
ކޮންމެ ގަޑިއިރަކަށް 24.5 މިލިއަން ރުޕީސްގެ ގެއްލުން ދަނީ ލިބެމުން
 
އުއްތަރް ޕްރަދޭޝްގެ އެކި ހިސާބުތަކުން އިންޓަރނެޓް ކަނޑާލާފައިވޭ

އިންޑިއާގެ ރަށްވެހިކަމުގެ ޤާނޫނަށް ގެނައި ބަދަލާއެކު ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އެޤައުމުގެ އެކި ހިސާބުތަކުން އިންޓަރނެޓް ކަނޑާލުމުން މުވާސަލާތީ ޚިދުމަތް ދޭ ފަރާތްތަކަށް ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ އެކި ހިސާބުތަކުން އިންޓަރނެޓް ކަނޑާލާފައިވާއިރު، އުއްތަރްޕްރަދޭޝްއަކީ އިންޑިއާގައި ކުރަމުންދާ މުޒާހަރާތައް އެންމެ ހޫނުވެފައިވާ އެއް ތަނެވެ.

އެކަމުގެ ސަބަބުން އިންޑިއާގެ މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކޮންމެ ގަޑިއިރަކަށް 24.5 މިލިއަން ރުޕީސް (350،000 ޔޫއެސް ޑޮލަރު) ގެ ގެއްލުން ލިބެމުންދާކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

އޭގެ އިތުރުން، އިންޑިއާގެ ވެރިރަށް ނިއު ދިއްލީންވެސް ހޯމް ބްރޯޑްބޭންޑް ޚިދުމަތްތައް 24 ގަޑިއިރަށް މެދުކެނޑިދާނެ ކަމަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ހަވާލާދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާއަކީ މީސްމީޑިއާގެ އެޕްލިކޭޝަންތައް ކަމަށްވާ ފޭސްބުކާއި ވަޓްސްއެޕް އެންމެ ގިނައިން ބޭނުންކުރާ އެއް ޤައުމެވެ. އޭގެ އިތުރުން، އިންޑިއާ ރައްޔިތުން އެވްރެޖްކޮށް ކޮންމެ މަހަކު 9.8 ގިގަބައިޓްގެ ޑާޓާ ސްމާޓް ފޯނުތަކުން ބޭނުންކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިހިނގާ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ރަށްވެހިކަމުގެ ޤާނޫނަށް ބަދަލު ގެނެސް ފާސްކޮށްފައިވާއިރު، ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްޢާނިސްތާނުގެ މުސްލިމުންނަށް ރަށްވެހިކަން ނުލިބޭ ގޮތަށް ފާސްކުރި މި ބިލާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނަމުންދަނީ މި ބިލަކީ އިންޑިއާގެ ޤާނޫނުގައި އެއްވެސް ދީނަކަށް ބެލުމެއް ނެތި، ހަމަހަމަކަމާއި އެކު އެންމެންނާ މެދު އަމަލުކުރަން ބުނެފައިވާ ބުނުމާއި ދެކޮޅަށް ފާސްކޮށްފައިވާ ބިލެއް ކަމަށެވެ.

މުސްލިމުން އިސްތިސްނާވި ނަމަވެސް މި ބިލު ގާނޫނަކަށް ވެގެން ދިޔުމުން 2015 ވަނަ އަހަރު ކުރިން އެ ތިން ގައުމުން އިންޑިއާ އަށް ހިޖުރަ ކޮށްފައިވާ ބުޑިސްޓުން، ކްރިސްޓިއަނުން، ހިންދޫން، ޖެއިން އަދި ޕާރިސީސްގެ އިތުރުން ސިކުންނަށް އިންޑިއާގެ ރައްޔިތުކަން ލިބޭނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް