ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 13:11
ދަބަންގް 3 ގެ ޕޯސްޓަރެއް
ދަބަންގް 3 ގެ ޕޯސްޓަރެއް
ހިންދުސްތާނީ ޓައިމްސް
ދަބަންގް
ދަބަންގްގެ ތިންވަނަ ބަޔަށް 100 ކްރޯޑްގެ އާމްދަނީއެއް
 
މިއީ ދަބަންގެ ސީރީސްގެ 3 ވަނަ ފިލްމު
 
ހޮނިހިރު ދުވަހާ ހަމަޔަށް 100 ކްރޯޑް
 
ފުރަތަމަ ދުވަހު ލިބުނު އާމްދަނީ ދަށްވި

ސަލްމާން ހާންގެ ފިލްމު ''ދަބަންގް 3'' އަށް ހަ ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެއެވެ.

ކްރިސްމަސް ޗުއްޓީއާ ދިމާކޮށް މި ފިލްމުން ވަނީ 65 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައެެވެ. ރަށްވެހިކަމުގެ ބިލުގެ މައްސަލާގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ފުރަތަމަ ދުވަހު ލިބުނު އާމްދަނީ ދަށްވިއެވެ.

އެކްޝަން - ކޮމިޑީ ފިލްމު ރިލީޒް ކުރިތާ ދެވަނަ ދުވަހު ފިލްމަށް 24.75 ކްރޯޑް ވަނީ ލިބިފައެވެ. އާދިއްތަ ދުވަހު ފިލްމު ވަނީ ބޮޑު ކުރިއެރުމެއް ހޯދާ އާމްދަނީ 31.90 ކްރޯޑް ރުޕީސް އަށް ޖައްސާލާފައެވެ. ހޯމަ އަދި އަންގާރަ ދުވަހު ފިލްމު ހޯދި އާމްދަނީއާ އެކު ހުކުރު ދުވަހާ ހަމަޔަށް ދަބަންގް 3 ވަނީ 118 ކްރޯޑް ރުޕީސް ހޯދާފައެވެ.

ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގައި ސަލްމާން ފެނިގެންދަނީ ބިރު ކުޑަ ސިފައިންގެ މީހެއްގެ ރޯލުންނެވެ.

"ދަބަންގް 3" ގަވެސް ސަލްމާނުގެ އަންހެނުންގެ ރޯލުން ފެނިގެންދަނީ މި ފްރެންޗައިޒްގައި ސަލްމާނާ އެކު ފެނިގެން ދިޔަ ތަރި ސޯނާކްޝީ ސިންހާ (ރާއްޖޯ) އެވެ. ކޮއްކޮގެ ރޯލުން ފެނިގެންދާނީ އަރުބާޒް ޚާން (މާކިޗަންދް ޕާންޑޭ) އެވެ. މި ފިލްމުގަ މަހޭޝް މަންޖޭކަރުގެ އަންހެން ދަރިފުޅު ސާއީ، ސަލްމާނުގެ ކުޑައިރުގެ ލޯބިވެރިއެއްގެ ގޮތުގައި ފެނިގެންދެއެވެ. މި ފިލްމަކީ ޕްރަބޫ ދޭވާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް