ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 02:24
ޓައިފޫން ފޭންފޯން
ޓައިފޫން ފޭންފޯން
ސީ.އެން.އެން
ޓައިފޫން ފޭންފޯން
ޓައިފޫން ފޭންފޯން: މަރުގެ އަދަދު 28 އަށް!
 
43,000 އަށް ވުރެ ގިނަ މީހުން ތިބީ ވަގުތީ ހިޔާތަކުގައި
 
185,000 އަށް ވުރެ ގިނަ މީހުންނަށް މި ތޫފާނުގެ އަސަރުކޮށްފައިވޭ

ޕިލިޕީންސްއަށް ދާދި ފަހުން ކުރިމަތިވި ޓައިފޫން ފޭންފޯންގައި މަރުވި މީހުންގެ އަދަދު 28 އަށް އަރައިފިއެވެ.

ފިލިޕީންގެ ޕެނޭ އައިލެންޑްުގެ އަލޮއިލޯ ސިޓީގައި އެކަނި 13 މީހެއް މަރުވެފައިވެއެވެ.

މި ތޫފާނުގައި 28 މީހަކު މަރުވެފައިވާއިރު، އެގައުމުގެ ނެޝަނަލް ޑިޒާސްޓަރ ރިސްކު ރިޑަކްޝަން އެންޑް މެނޭޖްމެންޓު ކައުންސިލްއާއި ހަވާލާދީ ބެރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާގޮތުގައި 12 މީހަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.

މި ތޫފާނުގެ ސަބަބުން ފިލިޕީންގައި އެތައް ހާސްބަޔަކު ހާލުގައި ޖެހިފައިވާއިރު އެމީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައެވެ. އެގޮތުން 185,000 އަށް ވުރެ ގިނަ މީހުންނަށް މި ތޫފާނުގެ އަސަރުކޮށްފައިވާއިރު 43,000 އަށް ވުރެ ގިނަ މީހުން ތިބީ ވަގުތީ ހިޔާތަކުގައެވެ.

ތޫފާނުގެ ސަބަބުން އެ ގައުމުގެ 147 ސިޓީއަކާއި އިދާރާތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

ފިލިޕީންގެ ދެކުނުގެ ސަމާރ ޕްރޮވިންސަށް އަންގާރަ ދުވަހު އައި މި ތޫފާނުގެ ސަބަބުން ވަރަށް ގަދަޔަށް އެ ހިސާބަށް ވިއްސާރަވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް