ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 23:17
އެކްޓަރު ކުޝާލް
އެކްޓަރު ކުޝާލް
އިންޑިއަން އެކްސްޕްރެސް
ކުޝާލް
އެކްޓަރު ކުޝާލްގެ މަރާއެކު ގިނަ ބަޔަކަށް ހައިރާންކަމެއް
 
ސުއިސައިޑް ނޯޓެއް ފެނިފައިވޭ
 
މަރުވިއިރު އުމުރަކީ 37 އަަހަރު
 
އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް އެހެން ނޫސްތަކުން ރިޕޯޓް ކުރޭ

ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތައް ކުޅެފައިވާ އިންޑިއާގެ އެކްޓަރު ކުޝާލް ޕަންޖާބީ ބުރާސްފަތި ދުވަހުގެ ރޭ މަރުވުން އޭނާއާ އެއްކޮށް މަސައްކަތް ކުރި ގިނަ ބަޔަކަށް ހައިރާންކަން ލިބިއްޖެއެވެ. އޭނާގެ މަރުގެ ޚަބަރު އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ އެކްޓަރު ކަރަންވީރު ބޯރާއެވެ.

އިންސްޓަރގްރާމުގައި ކަރަންވީރު ބުނެފައިވަނީ ކުޝާލްގެ މަރުގެ ޚަބަރު ލިބުމުން އަދިވެސް ބޮޑު ހައިރާންކަމެއްގެ ތެރޭގައި ހުރި ކަމަށާއި އެކަން އަދިވެސް ޤަބޫލުކުރަން ދަތި ކަމަށެވެ. މީގެ އިތުރުން އެކްޓްރަސް ޝްވޭތަ ތިވާރީ އާއި ޖޭ ބަނުޝާލީ ވަނީ އެއީ ކޮންއިރަކު ކިހިނެއް ހިނގައިދިޔަ ކަމެއް ކަމަށް ބުނެ ކަރަންވީރުގެ ޕޯސްޓަށް ކޮމެންޓްކޮށްފައެވެ.

އުމުރުން 37 އަހަރުގެ އެކްޓަރު ކުޝާލް ޕަންޖާބީ މަރުވެފައިވަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓްގައި އަމިއްލައަށް ދަންޖެހިގެން ކަމަށް ބޭރު މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި އޭނާ މަރުވިއިރު ސުއިސައިޑް ނޯޓެއް ވެސް ފެނިފައިވެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުން އޭނާގެ މަރުގެ ޒިންމާ އެކަކުވެސް ނަގަން ނުޖެހޭ ކަމަށާއި އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށް އެ ނޯޓުގައި ބުނެފައިވެއެވެ.

އަދި އެކަން މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް މީޑިއާ އިން ރިޕޯޓު ކޮށްފައިވެއެވެ. ކުޝާލް މަރުވިއިރު އަންބަކާއި އުމުރުން 3 އަހަރުގެ ފިރިހެން ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ.

ކުޝާލް ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "އިޝްގް މޭ މަރުޖާވާ" އާއި "ކިޔާ މޭ މިސްޓަރު ޕަންޗަލް" އަދި "ރާޖާ ކީ އާއޭގީ ބާރާތު" ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
3%
37%
25%
6%
4%
ކޮމެންޓް