ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 22:50
ތަމްރީނު ޕްރޮގްރާމުގެ ތެރެއިން
ތަމްރީނު ޕްރޮގްރާމުގެ ތެރެއިން
ފިޝަރީސް މިނިސްޓްރީ
ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމު
ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމު 22 ބައިވެރިންނާއެކު ފަށައިފި
 
މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނި ފެނުގައި ގަސްހެއްދުމާއި ބެހޭގޮތުން
 
ޕްރޮގްރާމު ކުރިއަށްދަނީ ޅ. އޮޅުވެލިފުށީގައި

ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމު 22 ބައިވެރިންނާއެކު ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ 2019 ވަނަ އަހަރު މި މިނިސްޓްރީން ކުރިޔަށް ގެންދިޔަ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކުގެ ފަހު ޕްރޮގްރާމް ޅ. އޮޅުވެލިފުށީގައި ކުރިއަށްދާ ކަމަށާއި މި ޕްރޮގްރާމަކީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2019 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނޭ ޙަރަކާތްތަކުގެ ތެރެއިން ޅ. އޮޅުވެލިފުށީގައި ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ކަނޑައަޅާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނި ފެނުގައި ގަސްހެއްދުމާއި ބެހޭގޮތުން ކަމަށާއި މީގެ އިތުރުން ގޯތިތެރޭގައި ގަސްހައްދާނެ ގޮތާއި ގަސްގަހާގެއްސަށް އާންމުކޮށްޖެހޭ ބަލިތަކާއި ފަރުވާ އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ކާނާއާއި ބޭސްފަދަ ތަކެތި ރައްކާތެރިގޮތުގައި ބޭނުންކުރުމާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރަށްރަށުގައި ދަނޑުވެރިކަމުގެ ޙަރަކާތްތައް ހިންގުމަށް ފަންނީ ގޮތުން ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލްތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

2020 ވަނަ އަހަރު އެ މިނިސްޓްރީން ހިންގާނެ ޙަރަކާތްތަކުގެ މަސައްކަތު ތާވަލު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް