ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 18:57
ޖަޕާން
ޖަޕާން
ގޫގުލް
ޖަޕާން
މި އަހަރު ޖަޕާންގެ އާބާދީ ރެކޯޑް އަދަދަކަށް ދަށްވެ، އުފަންވި ކުދިންގެ އަދަދު މަދުވެއްޖެ
 
މި އަހަރު އުފަންވި ކުދިންގެ އަދަދު ވަނީ 864،000 އަށް ދަށްވެފަ

1899 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޖަޕާނުގެ އާބާދީ ބޮޑުތަކުން ދަށްވެ، އުފަންވި ކުދިންގެ އަދަދު މަދުވެއްޖެއެވެ.

ޖަޕާންގެ މިނިސްޓްރީ އޮފް ހެލްތް ލޭބަރ އެންޑް ވެލްފެއަރ އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރު އުފަންވި ކުދިންގެ އަދަދު ވަނީ 864،000 އަށް ދަށްވެފައެވެ. މިއީ އެގައުމުން 1899 ވަނައަހަރުން ފެށިގެން ތަފާސް ހިސާބުތައް ބަލަހައްޓަން ފެށިފަހުން ރެކޯޑް އަދަދަކަށް އުފަންވި ކުދިންގެ އަދަދު އެހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.

2018 ވަނަ އަހަރާއި އަޅާބަލާއިރު އުފަންވި ކުދިންގެ އަދަދު ވަނީ 54،000 އަށް ދަށްވެފައެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރު އުފަންވާ ކުދިންގެ ނިސްބަތް ހުންނާނީ އެއް މިލިއަނުން ދަށުގައި ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

2019 ވަނަ އަހަރު މަރުވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރު އެކަނި 1.37 މިލިއަން މީހުން މަރުވިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިއާއެކު އެގައުމުގެ އާބާދީން 512،000 މީހުން މަދުވެފައިވާ ކަމަށް މި ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޖަޕާންގެ އާބާދީގެ 20 ޕަސެންޓަކީ 65 އަހަރުން މަތީ މީހުންނެވެ. ޖަޕާނުގެ އާބާދީ މިދިޔަ އަހަރު 124 މިލިއަންގައި ހުރި ނަމަވެސް، 2065 ވަނަ އަހަރާ ހަމައަށް އެގައުމުގެ އާބާދީ 88 މިލިއަނަށް ދަށްވާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

މި އަދަދު އަންދާޒާކުރެވިފައިވާ ގޮތަށް ދަށަށް ދާނަމަ، މަސައްކަތް ކުރާ އާބާދީގެ ބޮޑު ބައެއް އުމުރުން ދުވަސްވީ މީހުންގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާން ޖެހިދާނެ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އާބާދީ ދައްވާ މައްސަލަ ދިމާވެފައިވަނީ ހަމައެކަނި ޖަޕާނަށް ނޫނެވެ. ޖަޕާނުގެ އިތުރުން ޖަރުމަން، އެމެރިކާ، އިނގިރޭސީވިލާތް، ސިންގަޕޯރ އަދި ފްރާންސައް ވެސް އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމުގެ މައްސަލތައް ދިމާވެދާނެކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
27 ޑިސެންބަރ 2019 | ހުކުރު 23:08
އެބަ އަންނަން
އެބަ އަންނަން ވަރަށް އަވަހަށް ތިކަން ހައްލުކުރަން!