ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 13:11
ބުޝެރްގައި ހުންނަ ނިއުކްލިއަރ ޕަވަރ ޕްލަންޓް ކުރިމަތިން މީހަކު ބައިސްކަލެއް ދުއްވާފައި ދަނީ
ބުޝެރްގައި ހުންނަ ނިއުކްލިއަރ ޕަވަރ ޕްލަންޓް ކުރިމަތިން މީހަކު ބައިސްކަލެއް ދުއްވާފައި ދަނީ
ވީއޯއޭ ނިއުސް
އީރާން
އީރާނުުގެ ނިއުކްލިއަރ ޕްލާންޓެއް ހުރި ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް
 
އެންމެ ފަހުން ބިންހެލުމެއް އައިސްފައިވަނީ މިދިޔަ މަހު
 
ލިބުނީ ކިހާވަރެއްގެ ގެއްްލުންތަކެއް ކަމެއް ދެނެގަނެވިފައިނުވޭ
 
އަނިޔާވި މީހުންގެ އަދަދު ރަސްމީކޮށް ހާމަކޮށްފައެއް ނުވޭ

އީރާންގެ ބުޝެރް ނިއުކްލިއަރ ޕަވަރ ޕްލާންޓް ކައިރިއަށް 5.1 އެކެއް މެގްނިޓިއުޑްގެ ބާރުގަަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ އިން ބުނެފިއެވެ.

އީރާންގެ ދެކުނު އައްސޭރިފަށުގައި ހުންނަ ބުޝެރް ނިއުކްލިއަރ ޕްލާންޓާއި 33 މޭލު (53 ކިލޯ މީޓަރު) ކައިރިއަށް އައި މި ބިން ހެލުމުގައި ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވަނީ ވެފައެވެ.

ހާދިސާގައި އަނިޔާވި މީހުންގެ އަދަދު އަދި އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެންމެ ފަހުން އީރާނަށް ބިންހެލުމެއް އައިސްފައިވަނީ ވެރިރަށް ތެހްރާންއާ ހުޅަނގު އުތުރުން 250 މޭލުގައި އޮންނަ ތަރްކް ޝަހަރް ސަރަހައްދަށެެވެ. ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އައި އެ ބިންހެލުމުގައި ފަސް މީހަކު މަރުވެ 300 މީހަކު ވަނީ ޒަހަމްވެފައެވެ.

ބެެލެވޭ ގޮތުގައި އެ ހާދިސާގައި ގިނަ ބަޔަކަށް އަނިޔާވެފައިވަނީ ބިންހެލުން އައި ވަގުތު ގިނަ ބަޔަކު ހާސްވެގެންނެވެ. އީރާނަކީ އާއްމު ގޮތެއްގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބިންހެލުން އަންނަ ގައުމެކެވެ. 2003 ވަނަ އަހަރު އީރާނުގެ އާސާރީ ޝަހަރެއް ކަމަށްވާ ބަމް އައި ބިންހެލުމެއްގައި 26،000 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް