ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 08:22
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސް
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސް
ސައުދީގެޒެޓް
ސައުދީ އަރަބިއްޔާ
ސައުދީގައި ކައިވެނިކުރެވޭ އުމުރު 18އަށް މަތިކޮށްފި
 
ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފައި
 
މިއީ ތާރީހީ ބަދަލެއްކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުން
 
މިގޮތަން ނިންމެވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހެދުނު ގާނޫނާއި ގުޅިގެން

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްއިން ކައިވެނި ކުރެވޭ އުމުރު 18 އަހަރަށް މަތިކޮށް، އެގައުމުގެ ގާނޫނަށް އިސްލާހު ގެނަސްފިއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސް އަދި ސުޕްރީމް ޖުޑިޝަލް ކައުންސިލްގެ ޗެއާމަންކަން ކުރައްވަމުންގެންދާ ޝެއިހް ޑރ. ވާލިދް އަލް ސަމާނީ ނެރުއްވި ބަޔާނުގައި ބުނެފައިވަނީ އެގައުމުގައި ކައިވެނި ކުރެވޭ އުމުރަކަށް 18 އަހަރަށް މަތިކޮށް، އެއަށްވުރެ ހަގު އުމުރުގައި ކައިވެނިކުރުން މަނާ ކޮށްފައިވާ ކަމަށާއި މިގޮތަން ނިންމެވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހެދުނު ގާނޫނާއި ގުޅިގެން ކަމަށެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުޑަކުދިންނަކީ ހާއްސަ ހައްގުތަކެއް ގާނޫނުން ލިއްބައިދޭ ބައެއް ކަމަށާއި 18 އަހަރުން ދަށުގެ ކުދިން ކައިވެނިކޮށްގެން އެކުދިންގެ އުޅުމާއި ގުޅުމަށް ބަދަލު އައުންފަދަ ކަންކަން ހިނގަމުން އަންނަ ކަމަށެވެ. މި ގާނޫނުގެ ދަށުން އެފަދަ އަމަލުތައް ހުއްޓުވުމަށް ބާރު އަޅާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
10%
20%
20%
ކޮމެންޓް
27 ޑިސެންބަރ 2019 | ހުކުރު 09:27
މޮޑިފައިޑް
ދެން ރައްޓެހިވެގެން ޒިނޭކުރިޔަސް ހެޔޮދޯ؟ އެހެންޏާ ފަހެ.. މާދަމާ 35 އަހަރަށް ހަދާ.. މިވަރުް ދަންޏާ މިމީހުންގެ ގާނޫނުން 35 އަހަރުން ދަށް ކޮންމެމީހަކީ ކުޑަކުއްޖެއް ކަމުގަ ނިންމާފާނެ..