ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 08:29
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން
އޭޕީ
ތުރުކީ
ތުރުކީ ސިފައިން ލީބިޔާއަށް ފޮނުވަނީ
 
ތުރުކީގެ ސިފައިން ލީބިޔާއަށް ފޮނުވުމާއި ބެހޭގޮތުން އަންނަ މަހު އެގައުމުގެ މަޖިލިހަށް ވޯޓޭއް ނަގަން ހުށަހަޅާނެ

ލީބިއާގައި އޮތް ބައިނަލްއަގްވާމީ ދުނިޔެއިން ބަލައިގަންނަ ސަރުކާރަށް އެހީވުމަށް ތުރުކީގެ ސިފައިން އެގައުމަށް ފޮނުވަން ނިންމާފައިވާކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޢާން މިހެން ވިދާޅުވީ ތޫނިސްއަށް ވަޑައިގެން އެގައުމުގެ ރައީސް ގައިސް ސައީދުއާ ބައްދަލު ކުރެއްވުމަށްފަހުގައެވެ.

އުރުދުޣާން ވިދާޅުވީ ތޫނިސްގެ ރައީސްއާއި މަޝްވަރާކުރެއްވުމަށްފަހު އެ ދެ ބޭފުޅުން އަވައްޓެރި ލީބިޔާގެ ހާލަތާއި އެގައުމުގައި ކުރިޔަށްދާ ހަމަލާ ބަދަލުކުރުން ހުއްޓުވާ ހަނގުރާމަކުރަމުންދާ ދެ ފަރާތް މަޝްވަރާގެ މޭޒަށް ގެނައުމަށް ނިންމައިފައިވާ ކަމަށެވެ. މީގެ އިތުރުން އުރުދުޣާން ވިދާޅުވީ ތުރުކީގެ ސިފައިން ލީބިޔާއަށް ފޮނުވުމާއި ބެހޭގޮތުން އަންނަ މަހު އެގައުމުގެ މަޖިލިހަށް ވޯޓޭއް ނަގަން ހުށަހަޅާނެ ކަމަށެވެ.

ލީބިޔާގައި ވެރިކަންކުރި ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލިފަހުން އެގައުމުގައިވަނީ އިދިކޮޅު ސަރުކާރެއް އުފެދިފައެވެ. އޭގެ ތެރެއިން އ.ދގެ ތާއިދު އޮންނަ ޖޭއެންއޭ އިން ކޮންޓްރޯލް ކުރަމުން ގެންދަނީ އެގައުމުގެ ހުޅަނގު ފަރާތެވެ. އަދި އެގައުމުގެ އިރުމަތީ ފަރާތް ކޮންޓްރޯލް ކުރަމުން ގެންދަނީ އިދިކޮޅު ލީޑަރު، ޖެނެރަލް ޚަލީފާ ހަފްތަރާއިގެ ލީބިޔަން ނެޝަނަލް އާމީ އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
50%
50%
0%
0%
0%
0%
ކޮމެންޓް