ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 22:44
އަލްބޭނިޔާއަށް އައި ބިން ހެލުމުގައި ގެދޮރުތައް ހަލާކުވެފައި
އަލްބޭނިޔާއަށް އައި ބިން ހެލުމުގައި ގެދޮރުތައް ހަލާކުވެފައި
އަލްޖަޒީރާ
އަލްބޭނިޔާ
އަލްބޭނިޔާގެ ބިން ހެލުމުގައި ހާލުގަ ޖެހުނު ފަރާތްތަކަށް ސަރުކާރުން އެއްބާރުލުމެއް ނުދޭ!
 
ފިނި މޫސުމުގައި ދިރިއުޅެން ޖެހިފައިވަނީ އާދައިގެ ޓެންޓުތަކުގައި
 
މަދުވެގެން 51 މީހުން މަރުވެފައިވޭ
 
އެތަކެއް ހާސް ރައްޔިތުންގެ ގެދޮރު ވަނީ ނެތިފައި

އަލްބޭނިޔާއަށް އައި ބިން ހެލުމުގައި ހާލުގައި ޖެހުނު ރައްޔިތުންނަށް ސަރުކާރުން އެކަށީގެންވާ އެއްބާރުލުން ނުދޭ މައްސަލަ ބޮޑުވެއްޖެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ މަހު އަލްބޭނިޔާ އަށް އައި ބިން ހެލުމުގެ ސަބަބުން އެތަކެއް ހާސް ރައްޔިތުންގެ ގެދޮރު ގެއްލު ވަނީ ޙާލުގަ ޖެހިފައެވެ. އަދި އެމީހުންނަށް ސަރުކާރުން އެކަށީގެންވާ ވަރަށް އަޅާ ނުލާކަމަށް އެމީހުން ނުހުރުންފާޅުކޮށްފައިވާ ކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިބިންހެލުމުގައި އެތަކެއް ހާސްގެތަކެއް ބިމާ ހަމަވެފައިވާއިރު، މި ޙާދިސާގައި މަދުވެގެން 51 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ބިން ހެލުމާއި ގުޅިގެން އަލްބޭނިޔާގެ ރައްޔިތުން ފިނި މޫސުމުގައި ދިރިއުޅެން ޖެހިފައިވަނީ އާދައިގެ ޓެންޓުތަކުގައެވެ. ފިންޏާއި ހަނގުރާމަކުރަމުންދާއިރު، އެކަށީގެންވާ އެހީތެރިކަން ސަރުކާރުން ނުދޭތީ ބައިނަލްއަޤުވާމީ ފާޑުކިޔުންތައްވެސް އެޤައުމުގެ ރިޔާސަތައް ވަނީ ކުރިމަތިވެފައެވެ.

މިޙާލަތުން އެރައްޔިތުންނަށް އަރައިގަނެވޭނެ ވަކި ދުވަހެއް އަންދާޒާ ކުރަން ނޭނގޭ ކަމަށް ވެސް ބައިނަލްއަޤުވާމީ މުޙައްލިލުންނާއި ޙަވާލާދީ ބޭރުގެ މިޑީއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް