ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 22:40
ބީއެޗްއެމްއިން ކުޑަކުދިންގެ ހިޔާތަކަށް އެއްއަހަރު ވަންދެން ކޯސްޓް ކިރު ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބީއެޗްއެމްއިން ކުޑަކުދިންގެ ހިޔާތަކަށް އެއްއަހަރު ވަންދެން ކޯސްޓް ކިރު ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބީއެޗްއެމް ޓްރޭޑާާސް
ބީއެޗްއެމް
ބީއެޗްއެމްއިން ކުޑަކުދިންގެ ހިޔާތަކަށް އެއްއަހަރު ވަންދެން ކޯސްޓް ކިރު ހަދިޔާ ކުރަނީ
 
ހިޔާތަކުގައި އުޅޭ ކުދިންނަށް ދުވާލަކު އެއްފަހަރު މަދުވެގެން ކިރުތަށްޓެއް ދެވޭނެ
 
ކިރު ހަދިޔާ ކުރަން ނިންމާފައިވަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތި ކުޑަކުދިންގެ ހިޔާ އަށާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް
 
ބީއެޗްއެމް އިން މިހެން ނިންމާފައިވަނީ ރާއްޖޭގެ ބާޒާރުގައި ކޯސްޓް ކިރު ވިއްކާތާ 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން

ބީއެޗްއެމް އިން ކުޑަކުދިންގެ ހިޔާތަކަށް އެއްއަހަރު ވަންދެން ކޯސްޓް ކިރު ހަދިޔާ ކުރަން ނިންމައިފިއެވެ.

ބީއެޗްއެމް އިން މިހެން ނިންމާފައިވަނީ ރާއްޖޭގެ ބާޒާރުގައި ކޯސްޓް ކިރު ވިއްކާތާ 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ. އެގޮތުން ބީއެޗްއެމް އިން ކިރު ހަދިޔާ ކުރަން ނިންމާފައިވަނީ ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށާއި، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށެވެ.

ބީއެޗްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ޖެންޑަރ މިނިސްޓްރީ މެދުވެރިކޮށް ކުޑަކުދިންގެ ހިޔާތަކަށް ހަދިޔާކުރާ ކޯސްޓް ކިރާއެކު، ހިޔާތަކުގަ ދައުލަތުގެ ބެލުމުގެ ދަށުގަ ތިބި އުޅޭ ކުދިންނަށް ދުވާލަކު އެއްފަހަރު މަދުވެގެން ކިރުތަށްޓެއް ދެވޭނެ ކަމަށެވެ. މިއީ ކުދިންގެ ހެދިބޮޑުވުމަށް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ބީއެމްއެޗުން ސިފަކުރެއެވެ.

ރާއްޖޭގައި ކޯސްޓް ކިރު ވިއްކާތާ 30 އަހަރު ފުރުން ފާހަގަ ކުރުމަށް ބީއެޗްއެމުން ވަނީ ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ގަންނަ ކޮންމެ ކިރު ދަޅަކަށް ނުވަތަ ކިރު ޕެކެޓަކާއެކު ޚާއްޞަ ހަދިޔާއެއް ވެސް ވަނީ ދީފައެވެ.

ކޯސްޓް ހިކި ކިރަކީ ރާއްޖޭގެ މާކެޓުގައި އެންމެ މަޤުބޫލު އެއް ހިކި ކިރެވެ. އަދި ބީއެޗްއެމް އަކީ ކޯސްޓްކިރުގެ ރާއްޖޭގެ އިމްޕޯޓަރ، ހޯލްސޭލަރ އަދި ޑިސްޓްރިބިއުޓަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
33%
0%
67%
0%
0%
ކޮމެންޓް