ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 17:48
ސަލްމާން ޚާން އާއި ސޯނާކްޝީ ސިންހާ
ސަލްމާން ޚާން އާއި ސޯނާކްޝީ ސިންހާ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ދަބަންގް 3: 100 ކްރޯޑް ކްލަބަށް!
 
މި ފިލްމްގައި ސަލްމާން ފެނިގެންދާނީ ސިފައިންގެ މީހެއްގެ ރޯލުން
 
މި ފިލްމަށް ވަނީ މިހާތަނަށް 103.85 ކްރޯޑް ރުޕީސް ލިބިފައި
 
މި ފިލްމް 100 ކްރޯޑް ކްލަބަށް ވަދެފައި މިވަނީ 5 ދުވަހުން

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ސަލްމާން ޚާންގެ ފިލްމު "ދަބަންގް 3" ބޮކްސް އޮފީހުގައި 100 ކްރޯޑް ކްލަބުން ޖާގަ ހޯދައިފިއެވެ.

މި ފިލްމު 100 ކްރޯޑް ކްލަބުން ޖާގަ ހޯދާފައި މިވަނީ ފިލްމު ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓުގައިވާ ގޮތުން މި ފިލްމަށް މިހާތަނަށް ވަނީ 103.85 ކްރޯޑް ރުޕީސް ލިބިފައެވެ. ފިލްމު ރިލީޒް ކުރި ފުރަތަމަ ހުކުރު ދުވަހު ޢާމްދަނީގެ ގޮތުގައި ލިބިފައިވަނީ 24.50 ކްރޯޑް ރުޕީސް އެވެ. ހޮނިހިރު ދުވަހު 24.75 ކްރޯޑް، އަދި އާދިއްތަ ދުވަހު 31.90 ކްރޯޑް ރުޕީސް، ހޯމަ ދުވަހު 10.70 އަދި އަންގާރަ ދުވަހު 12 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.

"ދަބަންގް 3" ރިލީޒް ކޮށްފައި މިވަނީ އިންޑިއާގެ މުސްލިމުން ހަވާސާވާ ގޮތަށް ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއެކު އިންޑިއާގަ ފެށި މުޒާހަރާތައް ހޫނުވެ އެކި ހިސާބުތަކުގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. މުޒާހަރާ ނެތްނަމަ މި ފިލްމަށް މިއަށްވުރެ ބޮޑު ޢާމްދަނީއެއް ލިބިގެންދާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެއެވެ.

ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގައި ސަލްމާން ފެނިގެންދަނީ ބިރު ކުޑަ ސިފައިންގެ މީހެއްގެ ރޯލުންނެވެ.

"ދަބަންގް 3" ގަވެސް ސަލްމާނުގެ އަންހެނުންގެ ރޯލުން ފެނިގެންދަނީ މި ފްރެންޗައިޒް ގައި ސަލްމާނާ އެކު ފެނިގެން ދިޔަ ތަރި ސޯނާކްޝީ ސިންހާ (ރާއްޖޯ) އެވެ. ކޮއްކޮގެ ރޯލުން ފެނިގެންދާނީ އަރުބާޒް ޚާން (މާކިޗަންދް ޕާންޑޭ) އެވެ. މި ފިލްމުގަ މަހޭޝް މަންޖޭކަރުގެ އަންހެން ދަރިފުޅު ސާއީ ސަލްމާނުގެ ކުޑައިރުގެ ލޯބިވެރިއެއްގެ ގޮތުގައި ފެނިގެންދެއެވެ. މި ފިލްމަކީ ޕްރަބޫ ދޭވާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
33%
0%
0%
0%
67%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް