ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 09:37
ބުރާސްފަތި ދުވަހު ހިފާފައިވާ އިރުކޭތަ
ބުރާސްފަތި ދުވަހު ހިފާފައިވާ އިރުކޭތަ
ޓްވިޓަރ
ކޭތަ ނަމާދުގެ ޚުތުބާ
ކުށް ފާފަތަކާއި އުރެދުންތައް ގިނަވުމަކީ ކޭތަ ހިފުމުގެ ސަބަބެއް: ޚުތުބާ
 
ކޭތަ ހިފަނީ ވަކި މީހަކު މަރުވެގެން ނުވަތަ އުފަން ވެގެނެއްނޫން
 
ކޭތައިގެ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަން
 
ކޭތަ ހިފަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކާ ހެދިގެނެއް ނޫން

ކުށްފާފަ ކުރުމާއި އުރެދުންތަކަށް އަރައިގަންނަ މީހުން ގިނަ ވުމަކީ ކޭތަ ހިފުމުގެ ސަބަބެއް ކަމަށް ބުރާސްފަތި ދުވަހު ކުރި ކޭތަ ނަމާދުގެ ޚުތުބާގައި ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު 8:50 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކޮށްފައިވާއިރު، ކޭތަ ނަމާދުގެ ޚުތުބާގައި ބުނީ، ކޭތަ ހިފަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކާ ހެދިގެން ނޫން ކަމަށާއި، މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުން ވެސް ކޭތަ ހިފާ ކަމަށް ކީރިތި ރަސޫލާގެ ބަސްފަޅުތަކުން ދޭހަވާ ކަމަށެވެ

އަދި އެއީ ހަމައެކަނި ޤުދުރަތީ ކަމެއްގެ ގޮތުގައި ނުދެކި، އެކަމާއި މެދު ޝަރުޢީ ނަޒަރަކުން ވިސްނުމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން ކޭތަ ހިފުމުން ދުނިޔެއަށް ވެރިވާ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޤިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި، ހަނދުކޭތަ ހިފުމަކާއި، ތަރިތައް ވެރި ބުރައިގެންދާ ދިއުމަކުންނެވެ. އެހެންކަމުން ކޭތަ ހިފުން ފަދަ ކަންތައްތަކަކީ ޤިޔާމަތް ދުވަހުގެ މަތިން ހަނދުމަކޮށްދެއްވުމަށް މާތް ﷲ މިންވަރު ކުރައްވާފައިވާ ކަންކަމެވެ. އެ ދުވަހަށް ސަމާލުވުމަށް ގޮވާލާ ގޮވާލުމެކެވެ.
ބުރާސްފަތި ދުވަހު ކުރި ކޭތަ ނަމާދުގެ ޚުތުބާ

އޭގެ އިތުރުން، ކޭތަ ހިފަނީ ވަކި މީހަކު މަރުވެގެން ނުވަތަ ވަކި މީހަކު އުފަން ވެގެން ނޫން ކަމަށާއި، ކޭތަ ހިފުމަކީ މާތްﷲ އިރަށާއި ހަނދަށް މިންވަރު ކުރައްވާފައިވާ ދައުރުވުންތަކުގެ ސަބަބުން ހިނގާ ކަމެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ﷲ އަށް ބިރުވެތިވެ ތައުބާ ވުމަށާއި، ކުށްފާފަ ފުއްސަވައިދެއްވުމަށް އެދި ދުއާ ކުރުމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
31%
19%
0%
50%
0%
ކޮމެންޓް
26 ޑިސެންބަރ 2019 | ބުރާސްފަތި 14:43
ާއަހް
އަހަރެމެން ބައެއް މީހުންގެ ވިސްނުން މިހުންނަނީ އަދިވެސް ގަރުނަތަކެއް ފަހަތުގަ. އިލްމުވެރިންނޭ ކިޔަނީ ކީއްވެބާއޭ ހިތައް އަރާ!
26 ޑިސެންބަރ 2019 | ބުރާސްފަތި 11:10
ގަބުޅިބެ
ދަންނަ ބޭކަލުންނޭ ކިޔައިގެން މި ކަހަލަ ހޮޅި ވާހަކަ ދައްކާތީ ބައެއް މީހުން ދީނާ ދުރަށް ދަނީ. ހީކުރަނީ އެއީ ދީނުގައި އޮތް ގޮތް ކަމަށް. ކޭތަ ހިފަނީ މީހުން ފާފަކުރާތީއެއް ނޫން. އެ ކަން ކަނޑައެޅިގެން މާތް ނަބިއްޔާގެ ހަދީސުން ވެސް އެނގެން އޮންނާނެ. މި ކަހަލަ ދީނީ އަދި ސައެންޓެފިކް އަސްލެއް ނެތް ޚިޔާލީ ވާހަކަ ދައްކައިގެން މީހުން ދީނަށް ވައްދަން އުޅެގެން ޒުވާނުންކޮޅު ދާނީ ދީނާ ދުރަށް. ކަލޭނޭ އިސްލާމްދީނުގެ ހަގީގަތުގެ މައްޗަށް ދީން އޮޅުން ފިލުވައިދޭން ނޭނގެންޏާ ހަމޭނުން ތިބެ ބަލަަ.
26 ޑިސެންބަރ 2019 | ބުރާސްފަތި 10:48
ޒާހިދު
ކޭތަ ހިފަނީ ކޮންމެހެން ފާފަ ކުރުންތަކާއި އުރެދުންތައް ގިނަވެގެނެއް ނޫން. ކޭތަ ހިފަނީ މާތް ﷲ ކާއިނާތުގައި ގުރަހަ ތަކާއި އެހެނިހެން ޕްލެނެޓްތައް ލައްވައި އެއިން ކޮންމެ އެއްޗަކަށް ކަނޑެއެޅިގެންވާ ވަކި މިސަރާބެއް ލައްވަވާފައިވާތީ. މިކަމުން ދޭހަ ކޮށްދެނީ އެ ކަލާނގެ ކުޅަދުންވަންތަކަން. އެހެންކަމުން ކުށްފާފަތަކުން ދުރުވެ އެކަލާނގެ އަށް އަޅުކަން ކުރުން އިތުރުކޮށް ފާފަ ފުއްސެވުން އެދި ދަންނަވަންވީ!