ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 10:51
ބްރެޒިލްގެ ރައީސް، ޖެއަރ ބޮލްސޮނާރޯ
ބްރެޒިލްގެ ރައީސް، ޖެއަރ ބޮލްސޮނާރޯ
ގޫގުލް
ބްރެޒިލް
ފާހާނައަށް ވެއްޓުމާއި ގުޅިގެން ބްރެޒިލް ރައީސްގެ ހަނދުމަފުޅު ނެތިއްޖެ
 
ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނުގެ ސަލާމަތާއި މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން
 
ޓެސްޓުތަކުން އެއްވެސް ކަހަލަ މައްސަލައެއް އުޅޭ ކަމަށް ފާހަގަކުރެވިފައިނުވޭ
 
ޖެއަރ ވެއްޓިވަޑައިގަތީ އެމަނިކުފާނު ދިރިއުޅުއްވާ އަލްވޮރާޑާ ޕެލެސްގައި އުޅުއްވަނިކޮށް

ފާޚާނާއަށް ވެއްޓުމާއި ގުޅިގެން ބްރެޒިލްގެ ރައީސް، ޖައީރް ބޮލްސޮނާރޯގެ ހަނދުމަފުޅު ވަގުތީ ގޮތުން ނެތުނު ކަމަށް ވިދާޅުވެއްޖެއެވެ.

64 އަހަރުގެ ޖާއިރް ވެއްޓިވަޑައިގަތީ އެމަނިކުފާނު ދިރިއުޅުއްވާ އަލްވޮރާޑާ ޕެލެސްގައި އުޅުއްވަނިކޮށެވެ.

އެ ޤައުމުގެ ބޭންޑު ޓެލެވިޜަންއަށް ދެއްވި އިންޓަވިއުގައި ޖައީރް ވިދާޅުވީ ވެއްޓުނު ވަގުތު ވަގުތީގޮތުން ހަނދާން ދިޔަ ކަމަށާއި ނަމަވެސް އޭގެ އަނެއް ދުވަހު މަޑުމަޑުން ހަނދާން އަނބުރާ އަންނަން ފެށި ކަމަށެވެ.

ޖައީރަށް އަނިޔާވި ރޭ ހޭދަކުރެއްވީ އެޤައުމުގެ ދިފާޢީ ބާރުން ހިންގަމުންދާ ހޮސްޕިޓަލުގައެވެ. އަދި ކްރޭނިއަލް ސީޓީ ސްކޭނެއްވެސް ހެއްދުނު ކަމަށާއި އެ ޓެސްޓުން އެއްވެސް މައްސަލައެއް އުޅޭ ކަމަށް ފާހަގަކުރެވިފައިނުވާ ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕެއިނާއި ދިމާކޮށް، ވަޅީގެ ޙަމަލާއެއްގެ ޝިކާރަކަށް ޖައީރް ވެވަޑައިތެވެ. އަދި ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނުގެ ސަލާމަތާއި މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަޅީގެ ޙަމާލާގައި ލިބިވަޑައިގަތް ޒަޚަމްތަކާއި ގުޅިގެން 4 ސަރޖަރީއެއް ކޮށްފައިވެއެވެ. އަދި މި ޑިސެންބަރު މަހުގެ ކުރީ ކޮޅު ހަމުގެ ކެންސަރަށް ސްކީނިންގް ވެސް ހައްދަވާފައިވާކަމަށް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
39%
11%
44%
6%
0%
0%
ކޮމެންޓް
25 ޑިސެންބަރ 2019 | ބުދަ 14:26
ޚަބަރު ޚިޔުންތެރިއެއް
ދިވެހިބަހުން "ހަނދާންފުޅު" އަދި "ހަނދާންފުޅު ގެއްލިއްޖެ" ވެސް ނުކިޔާނެ. ކިޔާނީ "ހަނދުމަފުޅު،" އަދި "ހަނދުމަފުޅު ނެތިއްޖެ" ނުވަތަ "ހަނދުމަފުޅު މުޅިން ނެތިއްޖެ، މިފަދަ ގޮތްގޮތަށެވެ. ޚަބަރު ލިޔާ ނޫސްވެރިންނަށް، ދިވެހި ބަހުގެ މާތް ގޮތް، އެންމެ މާތްގޮތް، އަދި އާދައިގެ ގޮތް ވެސް ދަސްކޮށް ދެއްވުމަށްްް ދިވެހި ބަހުގެ ކޯހެއް ނޫހުގެ ފަރާތުން ހިންގެވުން ރަނގަޅުވާނެ ކަމަށް ފެނޭ.