ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 03:33
މަރުކަޒީ ބޭންކް
މަރުކަޒީ ބޭންކް
މުހައްމަދު ޝަރުހާން
އެމްއެމްއޭ
މި މަހުގެ 31 ވަނަ ދުވަހު މަރުކަޒީ ބޭންކު ބަންދުވާނެ
 
ބަންދުކުރަނީ އޮޑިޓް މަސައްކަތް ކުރުމަށް
 
ބޭންކިންގެ ހިދުމަތް ދޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 30 ވަނަ ދުވަސް

މި އަހަރު ބޭންކިންގެ ހިދުމަތްދޭނެ އެންމެފަހު ދުވަހަކީ މި މަހުގެ 30 ވަނަ ދުވަސް ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އަހަރު ބޭންކިންގެ ހިދުމަތްދޭނެ އެންމެފަހު ތާރީހަކީ މި މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަދި މި މަހުގެ 31 ވަނަ ދުވަހަކީ އެމްއެމްއޭގެ ބޭންކިންގެ ހިދުމަތް ބަންދު ދުވަހެއް ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ބޭންކުތަކުގެ އޮޑިޓް މަސައްކަތް ކުރުމަށް އަހަރު ނިމުމާއި ދިމާކޮށް ބެންކުތަކުގެ ހިދުމަތް މެދުކަނޑާލައެވެ.

އެމްއެމްއޭ ބަންދުކުރުމަށް ނިންމާފައިވާއިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުތަކުން މިއަަހަރު ހިދުމަތް ދޭނެ އެންމެ ފަހު ތާރީހަކީ މި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަސް ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ ބްރާންޗުތަކުން ހިދުމަތް ނުދިން ނަމަވެސް، ސެލްފް ސަރވިސް އޭޓީއެމްތަކުން ހިދުމަތް ލިބިގަނެވޭނެ ކަމަށާއި ބޭންކުގެ ކޮންޓެކްޓް ސެންޓަރަށް ގުޅައިގެންނާއި ފޭސްބުކްް އަދި ޓްވިޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ބޭންކާ ގުޅޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް