ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 01:39
އިންޑިޔާގައި މިހާރު ހިނގަމުންދާ މުޒާހަރާތަކުގެ ތެރެއިން
އިންޑިޔާގައި މިހާރު ހިނގަމުންދާ މުޒާހަރާތަކުގެ ތެރެއިން
އަލްޖަޒީރާ
އިންޑިޔާ
އިންޑިޔާގައި ހިނގަމުންދާ މުޒާހަރާތަކުގައި ބައިވެރިވި ޖަރުމަނުގެ ކިޔަވާ ކުއްޖަކު އެގައުމު ދޫކޮށްދާން އަންގައިފި
 
އައިޓީގެ ޑީން ބުނެފައިވަނީ ޖޭކަބް އާއި އިމިގްރޭޝަންގެ އޮފިޝަލުން ވާހަކަ ދެއްކުމަށްފަހު ޖޭކަބް ރޭގެ ވަގުތެއްގައި އިންޑިޔާ ދޫކޮށް ގޮސްފައިވާ ކަމަށް
 
އިންޑިއަން އިންސްޓިޓިޔުޓް އޮފް ޓެކްނޮލޮޖީ (އައިޓީ) ގައި އެކްސްޗޭންޖް ޕްރޮގްރާމެއްގެ ދަށުން ކިޔަވަމުންދިޔަ ޖަރުމަނުގެ ކުއްޖާއަކީ ޖޭކަބް ލިންޑިންތަލް

އިންޑިޔާގައި މިހާރު ހިނަގަމުންދާ މުޒާހަރާތަކުގައި އެގައުމުގައި ކިޔަވަމުންދާ ޖަރުމަނުގެ ކުއްޖަކު ބައިވެރިވުމާއި ގުޅިގެން އެގައުމު ދޫކޮށް ދިޔުމަށް އެކުއްޖާއަށް އަންގައިފިއެވެ.

އެގައުމުން ދާދިފަހުން ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއި ގުޅިގެން އެގައުމުގެ އެކި ސަރަހައްދުތަކުގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.

ޗެންނާއީގައި ހުންނަ އިންޑިއަން އިންސްޓިޓިޔުޓް އޮފް ޓެކްނޮލޮޖީ (އައިޓީ) ގައި އެކްސްޗޭންޖް ޕްރޮގްރާމެއްގެ ދަށުން ކިޔަވަމުންދިޔަ ޖަރުމަނުގެ ކުއްޖާއަކީ ޖޭކަބް ލިންޑިންތަލް އެވެ. އައިޓީގެ ޑީން މަހޭޝް ޕެންޗެންގިޔުލާ ބުނެފައިވަނީ ޖޭކަބް އާއި އިމިގްރޭޝަންގެ އޮފިޝަލުން ވާހަކަ ދެއްކުމަށްފަހު ޖޭކަބް ރޭގެ ވަގުތެއްގައި އިންޑިޔާ ދޫކޮށް ގޮސްފައިވާ ކަމަށެވެ.

މިއީ ރަށްވެހިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އޭނާ ޕޯސްޓަރެއް ހިފައިގެން ހުއްޓާ އެ ޚަބަރު ސޯޝަލް މީޑިޔާ އަދި ޗެންނާއީގެ ނޫސްތަކުގެ ޖެހުމާއިގުޅިގެން ހިނގައިދިޔަ ކަމެއް. އިމިގްރޭޝަންގެ އޮފިސަރުންނާ ޖޭކަބް އާ ދެމެދު ދެއްކީ ސީދާ ކޮންވާހަކަތަކެެއް ކަމެއް ނޭންގޭ
އައިޓީގެ ޑީން މަހޭޝް ޕެންޗެންގިޔުލާ

ޖޭކަބް އިންޑިޔާ ދޫކޮށްދިޔައިރު އޭނާ އަދި ކިޔަވަން އެއް ސެމިސްޓަރ އޮތް ކަމަށް ޑީން ވަނީ ބުނެފައެވެ. ޗެންނާއީގެ ނޫސްތައް ބުނާގޮތުން ޖޭކަބް ބުނެފައިވަނީ އިންޑިޔާގައި މިހާރު ހިނގަމުންދާ މުޒާހަރާތަކުގައި ބައިވެރިވުން މަނާކަމެއް އޭނާ އަށް ނޭންގޭކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ސްޓޫޑެންޓް ވިސާއަށް އަސަރުކުރާނެ ކަމެއް އޭނާއަށް ނޭންގޭކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

ޖެކެން ހެރެލްޑް ނޫސްބުނާގޮތުން އިމިގްރޭޝަންގެ އޮފިސަރ ޖޭކަބް ކައިރީގައި އަހާފައިވަނީ އޭނާ މުޒާހަރާތަކުގައި ބައިވެރިވެފައިވަނީ އެކަމާމެދު ވާހަކަދެއްކުމަށްތޯ އަހާފައިވާ ކަމަށެވެ. އަދި އެކަމަށް އެއްބަސްވުމުން ގައުމު ދޫކޮށް ދާން އެންގިކަމަށް ޖޭކަބް ބުނެފައިވާކަމަށް ނޫހުގައި ބުނެފައިވެއެވެ. އިމިގްރޭޝަން އޮފިސަރ ޖޭކަބަށް އިންޑިޔާ ދޫކޮށްދާން އެންގީ އޭނާއަށް ދޫކޮށްފައިވާ ވިސާ އާ ޚިލާފުވެފައިވާތީ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
20%
0%
40%
40%
0%
0%
ކޮމެންޓް