ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 09:48
އަލްޖީރިއާގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަހުމަދު ގައިދު ސަލާހު
އަލްޖީރިއާގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަހުމަދު ގައިދު ސަލާހު
އަލްޖަޒީރާ
ނިޔާވުން
އަލްޖީރިއާގެ ސިފައިންގެ ވެރިޔާ ނިޔާވެއްޖެ
 
ސިފައިންގެ ވެރިއެއްގެ ގޮތުގައި 15 އަހަރު ދުވަހު މަސައްކަތް ކޮށްފައިވޭ
 
ނިޔާވިއިރު ސަލާހުގެ އުމުރަކީ 79
 
ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން

އަލްޖީރިއާގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޙްމަދު ޤައިޘް ޞަލާޙު ނިޔާވެއްޖެއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޞަލާޙު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން އަލްޖީރިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

އުމުރުން 79 އަހަރުގައި ޞަލާޙު ނިޔާވިއިރު، އެމަނިކުފާނު ވަނީ އަލްޖީރިއާގެ ސިފައިންގެ ވެރިއެއްގެ ގޮތުގައި 15 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ޞަލާޙު ނިޔާވީއިރު ވަނީ އެޤައުމުގައި ކޮރަޕްޝަނާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތަކެއް ފަށާފައެވެ. އަލްޖީރިއާގައި ކޮރަޕްޝަން ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް ފެށިގެން ދިޔައީ މިއަހަރުގެ ފެބްރުއަރީ މަހު ފެށި މުޒާހަރާތަކާ އެކު ޤައުމު ހަލޮބޮލިވުމާ ގުޅިގެންނެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މުޒާހަރާތައް ފެށުނީ އަލްޖީރިއާގެ ކުރީގެ ރައީސް ޢަބްދުލްޢަޒީޒް ބޫތަފްލިކާ ރައީސްކަމުގެ ފަސް ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ. އަދި ޤައުމު ހަލޮބޮލިވުމާ ގުޅިގެން ޞަލާޙު، އެމަނިކުފާނުގެ އިސްތިޢުފާއަށް ގޮވާލެއްވިއެވެ. އަދި އެދުވަހު ރައީސް އިސްތިޢުފާދެއްވި ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

ރައީސް އަބްދުލްޢަޒީޒް ބޫތަފްލީގާ އިސްތިޢުފާ ދެއްވުމާ ގުޅިގެން ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ރިޔާސީ އިންތިޚާބެއް ބޭއްވިއެވެ. މިއިންތިޚާބު ކާމިޔާބު ކުރެއްވީ ޢަބްދުލްމަޖީދު ތަބޫން އެވެ. އަދި އެމަނިކުފާނަކީ ވެސް ބޫތަފްލިކާ އާއި ޞަލާޙުގެ ޒަމާންވީ ގާތް ބޭފުޅެއްކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް