ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 08:33
ޖަޒީރާ ރާއްޖެ ތަށިމުށި
ޖަޒީރާ ރާއްޖެ ތަށިމުށި
މުނި ހޯމް ކެއަރ
މުނި ހޯމްކެއަރ
މުނި ހޯމްކެއަރ އިން "ޖަޒީރާ ރާއްޖެ" ތަށިމުށި ތައާރަފުކޮށްފި
 
ތަށިމުށި މުނި ހޯމްކެއަރގެ ލިވިން ސެންޓަރުން ލިބެން ހުންނާނެ
 
ކުރިއަށް އޮތްތަނުގައިވެސް ދިވެހިވަންތަ ޑިޒައިންތަކުގެ ތަށިމުށި މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުނި ހޯމްކެއަރ އިން ބުނޭ
 
މި ތަށިމުށިތަކުގެ ތެރޭގައި ހިރިގަލާއި ތުނޑުކުނަލާއި ތެޅިގާ އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ތަށިމުށި ހިމެނޭ

ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި ހޯޓާ ރެސްޓޯރެންޓުތަކުން ފެށިގެންގޮސް އަމިއްލަ ގޭގައިވެސް ދިވެހިވަންތަ ގޮތެއް ޑިޒައިނަށް ގެނައުން މި ޒަމާނުގައި ހަމަގައިމުވެސް ވެފައި އޮންނާނީ ބުރަބޮޑު އަދި ކަވި މަސައްކަތަކަށެވެ.

އުވަ އާއި ތެޅިގަލުން ރާނާފައިވާ ޑިޒައިނެއް ގެންނަން ޖެހިއްޖެނަމަ ފަރުން ގާ ނަގައި އެކަމުގެ ފަންނީ މީހުން ގެނެސް ގިނަގުނަ މަސައްކަތްކަތެއް ކުރަން ޖެހެއެވެ. ތުނޑުކުނާ ޑިޒައިން ގެންނަ ނަމަ އެކަމަކީވެސް އެކަމުގެ ފަންނީ މީހުންނަށް ނޫނީ ކުރެވޭނެ ކަމަކަށް ނުވެއެވެ.

އެހެންނަމަވެސް މިކަމަށް މިހާރު މިވަނީ ޙައްލެއް ލިބިގެން ގޮސްފައެވެ. ރާއްޖޭގައި ފަރުނީޗަރާއި ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނު ވިއްކާ މުނި ހޯމް ކެއަރ އިން ވަނީ "ޖަޒީރާ ރާއްޖެ" ނަމުގައި ދިވެހިވަންތަ ތަށިމުށިތަކެއް ރާއްޖެ ތަޢާރަފުކޮށްފައެވެ.

ޖަޒީރާ ރާއްޖެ ތަށިމުށި

މި ތަށިމުށިތަކުގެ ތެރޭގައި ހިރިގަލާއި ތުނޑުކުނަލާއި ތެޅިގާ އަޞްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ތަށިމުށި ހިމެނެއެވެ. މިއީ ފާރުތަކަށް ދިވެހިވަންތަކަން ގެނެސްދޭނެ މުށިތަކަށް ހަމަ ޔަޤީނުންވެސް ވެގެންދާނެއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތުދެމުން މުނި އެންޓަޕްރައިސަސް އިން ބުނީ ކުރިއަށް އޮތްތަނުގައިވެސް ދިވެހިވަންތަ ޑިޒައިންތަކުގެ ތަށިމުށި މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ޑިޒައިންތަކަކީ ބުރަ މަސައްކަތް ކުރުމުގެ ބަދަލުގައި އަދި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުން ދިނުމުގެ ބަދަލުގައި ބޭނުން ކުރެވިދާނެ ޙައްލެއް ކަމުގައި މުނި އެންޓަޕްރައިސަސް އިން ދެކޭ ކަމަށެވެ.

"ޖަޒީރާ ރާއްޖެ" ތަށިމުށި މުނި ހޯމްކެއަރގެ ލިވިން ސެންޓަރުން ލިބެން ހުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
5%
55%
0%
20%
7%
14%
ކޮމެންޓް