ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 00:06
މުފީދު އަބްދުﷲ ގެ ފަރާތުން އޭނާގެ އާއިލާއިން އެވޯޑާއި ހަވާލުވަނީ
މުފީދު އަބްދުﷲ ގެ ފަރާތުން އޭނާގެ އާއިލާއިން އެވޯޑާއި ހަވާލުވަނީ
ރާއްޖެއެމްވީ
މޯލްޑިވްސް ބޯޓިންގް އެވޯޑްސް
މޯލްޑިވްސް ބޯޓިންގް އެވޯޑްސް: ބޯޓިންގް ޕަރސަނަލަޓީ އެވޯޑު މުފީދު އަބްދުﷲ އަށް
 
ފޭސަސް އޮފް ދަ ބޯޓިންގް އިންޑަސްޓްރީގެ އެވޯޑު ޖުމްލަ ހަތް ފަރާތަކަށް ހަވާލުކޮށްފައިވޭ
 
އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
 
ޖުމްލަ 28 ކެޓަގަރީއަކުން އެވޯޑުތައް ހަވާލުކޮށްފައިވޭ

މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2019 ގެ އެވޯޑްތައް ހަވާލުކޮށްފިއެވެ. މި އެވޯޑު ހަފްލާގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ ބޯޓިންގް ޕަރސަނަލަޓީ އެވޯޑު ލިބިފައިވަނީ މޯލްޑިވްސް ބޯޓް ކްލަބް އިން މުފީދު އަބްދުﷲ އަށެވެ.

ހޯމަ ދުވަހުގެރޭ ދަރުބާރުގޭ ފާޝަނާ މާލަމުގައި ބޭއްވި މި އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ޖުމްލަ 28 ކެޓަގަރީއަކުން އެވޯޑުތައް ހަވާލުކޮށްފައިވެއެވެ. އެގޮތުން ޑައިވް ގައިޑް އޮފް ދަ އިޔަރ އެވޯޑު މުހައްމަދު ޒިނާހުއަށް ލިބިފައިވާއިރު ސާފް ގައިޑް އޮފް ދަ އިޔަރގެ އެވޯޑު ލިބިފައިވަނީ އަބްދުﷲ އަބްދުއްލަތީފަށެވެ. އަދި ބާކީ އެވޯޑު ލިބިފައިވަނީ ޕްރައިވެޓް ކުންފުނިތަކަށެވެ. މީގެ އިތުރުން "ފޭސަސް އޮފް ދަ ބޯޓިންގް އިންޑަސްޓްރީގެ" އެވޯޑު ޖުމްލަ ހަތް ފަރާތަކަށް ހަވާލުކޮށްފައިވެއެވެ.

  1. މޯސްޓް ޕްރިފަރޑް އިންޝުއަރެންސް ޕްރޮވައިޑަރ: އެލައިޑް އިންޝުއަރެންސް
  2. ބެސްޓް ޕްރޮޑަކްޝަން ފައިބަރ ގްލާސް (5 އަދި 10 މީޓަރު): އެކްޝަން 25، އަލްޝާލީ މެރިން މޯލްޑިވްސް
  3. ބެސްޓް ޕްރޮޑަކްޝަން ފައިބަރ ގްލާސް (10 އަދި 15 މީޓަރު): ކޯސްޓް ކްރާފްޓް 38 ޕްލަސް، އަލްޝާލީ މެރިން މޯލްޑިވްސް
  4. ބެސްޓް ޕްރޮޑަކްޝަން ފައިބަރ ގްލާސް (15 އަދި 45 މީޓަރު): އައިލެންޑް ހޮޕަރ 50، އަލްޝާލީ މެރިން މޯލްޑިވްސް
  5. ބެސްޓް އަފްޓަރ ސޭލްސް ސަރވިސް: އެލިއާ އިންވެސްޓްމަންޓް
  6. ބެސްޓް ބޯޓް ޑިޒައިން އޮފް ދަ އިޔަރ 2019: ސްކޫބާ ސްޕާ ޔިންގް، ފްލޯޓިންގް ރިސޯޓްސް ބައި ސްކޫބާ ސްޕާ މޯލްޑިވްސް
  7. ބެސްޓް ބިލްޓް ލިވްއަބޯޑް އޯ ޔޮޓް ބޯޓު: ސީ ރެކްސް، ޓްރޮޕިކަލް އެޑްވެންޗަރ މޯލްޑިވްސް
  8. ބެސްޓް ޑައިވް ސަފާރީ: ސަޗީކާ ސަފާރީ
  9. ބެސްޓް ފިޝިންގް ސަފާރީ: ކެތި، ވޮޔޭޖަސް މޯލްޑިވްސް
  10. ބެސްޓް ސާފް ސަފާރީ: ހޮރައިޒަން 2، ބްލޫ ހޮރައިޒަން
  11. ބެސްޓް ލިވްއަބޯޑް ޔޮޓް ބިލްޑަރ: އޮފްޝޯ ޔޮޓްސް ޕްރައިވެޓް ލިމިޑަޓް
  12. ބޯޓް އިކުއިޕްމަންޓް ސަޕްލަޔަރ އޮފް ދަ އިޔަރ: ޑީ ބްލޫ މެރިން
  13. ބަންކަރިންގް އެންޑް ފިއުލް ސަޕްލަޔަރ އޮފް ދަ އިޔަރ: ދަ ހޯކްސް ޕްރައިވެޓް ލިމިޓަޑް
  14. ޑޮކް ޔާޑް ސްލިޕްވޭ އޮފް ދަ އިޔަރ: އެމްޓީސީސީ ޑޮކްޔާޑް
  15. ލިވްއަބޯޑް އޯ ޔޮޓް ބްރޭންޑް އޮފް ދަ އިޔަރ: ކާޕެޑިއަމް މޯލްޑިވްސް
  16. ބެސްޓް ޓޭންކާ ފިޔުލް އޮޕަރޭޓަރ: ދަ ހޯކްސް ޕްރައިވެޓް ލިމިޓަޑް
  17. ލިވްއަބޯޑް އޯ ޔޮޓް އޮޕަރޭޓަރ އޮފް ދަ އިޔަރ: ބްލޫ ކޭ ސަފާރީ ޕްރައިވެޓް ލިމިޑަޓް
  18. ލިވްއަބޯޑް ޓްރެވަލް އެޖެންޓް އޯ ޓުއަރ އޮޕަރޭޓަރ: މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސް
  19. މެރިން އިންޖީރިއަނިންގް ސަރވިސް ޕްރޮވައިޑަރ އޮފް ދަ އިޔަރ (މެއިން އިންޖީން): ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑް
  20. މެރިން އިންޖީރިއަނިންގް ސަރވިސް ޕްރޮވައިޑަރ އޮފް ދަ އިޔަރ (އައުޓް ބޯޑް އިންޖީން): ހަސަން މެރިން އިންޖީނިއަރިންގް ސޮލިއުޝަންސް
  21. މޯސްޓް ޕްރިފަރޑް މެރިން އިންޖީން އޮފް ދަ އިޔަރ (މެއިން އިންޖީން): ޑޫސާން، ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑް
  22. މޯސްޓް ޕްރިފަރޑް މެރިން އިންޖީން އޮފް ދަ އިޔަރ (އައުޓް ބޯޑް އިންޖީން): ޔަމަހާ، އެލިއާ އިންވެސްޓްމަންޓްސް
  23. މޯސްޓް ޕްރިފަރޑް މެރިން ޖެނެރޭޓަރ ބްރޭންޑް އޮފް ދަ އިޔަރ: ސޮލެ ޑީސަލް، ޑީ ބްލޫ މެރިން
  24. މޯސްޓް ޕްރިފަރޑް މެރިން ޕެއިންޓް އޮފް ދަ އިޔަރ: އިންޓަރނޭޝަނަލް މެރިން ޕެއިންޓް، ސީގަލް ގްރޫޕް

މިދިޔަ އަހަރުވެސް މޯލްޑިވްސް ބޯޓިންގް އެވޯޑްސް ބާއްވާފައިވާއިރު ޖުމްލަ 27 ކެޓަގަރީއަކުން ވަނީ އެވޯޑްތައް ހަވާލުކޮށްފައެވެ. މޯލްޑިވްސް ބޯޓިންގް އެވޯޑްސްއަކީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ކަނޑުދަތުރު ފަތުރުގެ އިންޑަސްޓްރީގެ ހަރަކާތްތެރިވާ ފަރާތްތަކަށް ހިތްވަރުދީ އެ އިންޑަސްޓްރީ ކުރިއެރުވުމުގެ މަޤްސަދުގައި 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ބުނީ އެ އެސޯސިއޭޝަންގެ މަޤްސަދަކީ މި ދާއިރާ އިތުރަށް ތަަރައްގީކޮށް، މި ދާއިރާއަށް އަލަށް މީހުން ނެރެދިނުން ކަމުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް